ads
ކަރީނާ ކަޕޫރް
ސައިފް، ތައިމުރް އަދި ކަރީނާގެ ދެވަނަ ދަރިފުޅުގެ ފޮޓޯއެއް
ކަރީނާ އާއި ސައިފަށް ފެބްރުވަރީ މަހުގެ 21 ވަނަ ދުވަހު ދަރިއަކު ލިބުނުއިރު މިހާތަނަށް އެކުއްޖާގެ ނަމެއް އާންމެއް ނުކުރެ އެވެ. އަދި އެކުއްޖާގެ މޫނުވެސް ފެންނަގޮތަށް ފޮޓޯއެއް ޕޯސްޓުކޮށްފައެއް ނުވެއެވެ.

ކަރީނާ ދަރިފުޅާ އެކުގައި ތިން ފޮޓޯ މިހާރު އިންސްޓާގްރާމްގައި އާންމުކޮށްފައި ވާއިރު މިފަހަރު ކަރީނާ އާންމުކޮށްފައި ވަނީ ސައިފް އަދި ތައިމުރުގެ ފޮޓޯ އެކެވެ. 

އެ ފޮޓޯގައި ވެސް ދަރުފުޅުގެ މޫނު ކަރީނާ ވަނީ ބޭބީ އިމޯޖީއަކުން ފޮރުވާފަ އެވެ. ނަމަވެސް ދަރިފުޅުގެ އަތް ފެނެއެވެ. ތައިމުރު އޭނާގެ ކޮއްކޮގެ އަތުގައި ހުރީ ހިފަހައްޓައިގެނެވެ. 

your imageފޮޓޯ--

އަދި ސައިފް ހުރީ އޭނާގެ ދެވަނަ ދަރިފުޅާ ދިމާލަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލަހައްޓައިގެންނެވެ.

ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރިފުޅަކީ ތައިމުރް އަލީ ހާންއެވެ. އެ ދެމަފިރިންނަށް ތައިމުރު ލިބިފައިވަނީ 2016 ވަނަ އަހަރު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް