ads
އިންޑަސްޓްރިއަލް މަސައްކަތް
ރަނގަޅު ތިމާވެށްޓެއްގައި ދިރިއުޅުމަކީ އިންސާނީ ހައްގެއް!
155 އަކަށް ވުރެ ގިނަ ސްޓޭޓްތަކުން ދެކޭގުތުގައި ދުޅަހެޔޮ ތިމާވެށްޓެއްގައި ދިރިއުޅުމަކީ ކޮންމެ އާންމު ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެކެވެ. އެއީ ގައުމީ ލެޖިސްލޭޝަނަށް ނުވަތަ ޔުނިވާސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސް ފަދަ ބައިނަލްއަގުވާމީ ގާނުނުތަކަށް ބަރޯސާ ވެވިގެން ކަމަށްވެސް ވެދާނެއެވެ.

ގާނޫނީ އެތަކެއް ރައްކާތެރި ކަމެއް ދެވިފައި ވިޔަސް، ވޯލްޑް ހެލްތު އޯގަނައިޒޭޝަން، ޑަބްލިއުއެޗްއޯ އިން އަންދާޒާ ކުރާގޮތުގައި ކޮންމެ މަަރަކުން 23 ޕަސަންޓަކީ ތިމާވެށްޓާ ގުޅުން ހުރި މަރެކެވެ. މިސާލަކަށް، ވައިގެ ޕޮލިއުޝަން، ފެން ތަގައްޔަރުވުން، އަދި ކެމިކަލް އެކްސްޕޯށާ ހިމެނެއެވެ. 

މިފަދަ ސްޓެޓިސްޓިކްސް ތަކާހުރެ ޔުނައިޓެޑް ނޭޝަންސް ހިއުމަން ކައުންސިލް އިން ވަނީ އިންސާނީ ހައްގުތައް ދެމެހުއްޓުމަށްޓަކައި ގަރާރެއް ފާސްކޮށްފައެވެ، މި ހައްގުތަކުގެ ތެޜޭގައި ދުޅަހެޔޮ ތިމާވެށްޓެއް ދެމެހެއްޓުން އެއީ ހިމެނޭ ކަމެކެވެ. މި އާޓިކަލްގައި ތިމާވެށްޓަށް ލިބޭ ނޭދެވޭ އަސަރުތަކުން އިންސާނުންގެ ސިއްހަތަށް ވާރުތަވާނޭ ބައެއް ހާލަތްތަކާއި ސަބަބާއެކު ނަތީޖާއަށް އަލި އަޅުވާލާނަމެވެ،

1- ވަލު ޖަަނަވާރު އުޅޭ ސަރަހައްދުތައް ހަލާކުވެ ފަނާ ވެދިއުންމީ ޖަނަވާރުންގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރެން މެދުވެރިވާ ކަމެކެވެ. އެކި އެކި ބޭނުންތައް ފުއްދުމަށްޓަކައި ޖަނަވާރުން އުޅޭ ތަންތަން ހަލާކުކޮށް ފުނޑު ފުނޑުކުރުމުގެ ސަބަބުން އިންސާނުންނާއި ވަލު ޖަނަވާރުންނާއި މެދުގައި ކޮންޓެކްޓް އުފެދުމަށް މަގުފަހިވެ ޖަނަވާރުންގެ ޒަރިއްޔާއިން އިންސާނުން ގަޔަށް އަރާ ޕެތޮޖެންތަކަށް ފަސޭހަކަމާއެކީ އިންފެކްޓް ކުރުމަށްވެސް މަގުފަހިވެގެންދެއެވެ. ތަފާސް ހިސާބުތަކުން އަންދާޒާ ކުރާ ގޮތުަގައި، އިންސާނުންނަށް ޖެހޭ 60 ޕަސަންޓް އިންފެކްޝަން ތަކަކީ އަސްލު ޖަނަވާރުންގެ ޒަރިއްޔާއިން ވާރުތަވެފައިވާ އިންފެކްޝަންތަކެކެވެ. އަދި އިތުރަށް އަންދާޒާ ކުރެވޭ ގޮތުގައި އިންސާނުން ގަޔަށް ޖަނަވާރުންގެ ފުށުން ޖެހެން އޮތް ބަލިތައް އަދި އޮތީއެވެ. އިންޓަގަވަމެންޓަލް ސައިންސް-ޕޮލިސީ ޕްލެޓްފޯމް އޮން ބައޯޑައިވާސިޓީ އެންޑް އިކޯސިސްޓަމް ސާވިސަސް އިން ލަފާކުރާގޮތުގައި، 1.7 މިލިއަން އައިޑެންޓިފައި ކުރެވިފައި ނުވާ އިންސާނުން ގަޔަށް އަރާ ވައިރަހަކީ މަންމަލި ޖަނަވާރުންނާއި ފެންގަނޑުގެ މަލަމަތީގައި އުޅޭ ދޫނިސޫފާސޫފީގެ ޒަރިއްޔާއިން ވާރުތަ ވާ ވައިރަސްތަކެކެވެ. އަދި މީގެން ކޮންމެ ވައިރަހެއްވެސް ކޮވިޑް-19 ފަދައިން ދެންއަންނާނޭ މާބޮޑުތަން ނުރައްކާތެރި ބައްޔަކަށް ވުމުގެ ފުރުސަތުވެސް ގާތްކަމަށް އެ ސާވީސް އިން ފާހަގަކޮށްލިއެވެ.

2- ވައިގެ ޕޮލިއުޝަންގެ ސަބަބުން އިންސާނާގެ ދިރިއުޅުމުގެ ފެންވަރާއި އެވަރޭޖް ދިރިއުޅުމުގެ އެކްސްޕެކްޓަންސީ ދަނީ ދުވަހަކަށްފަހު ދުވަހަކުން ދަށްވަމުންނެވެ. މުޅި ދުނިޔެއަށް އަޅާބަލާއިރު، ކޮންމެ 10 މީހުންގެ ތެރެއިން 9 މީހުންނަކީ ނަޖިސްވެފައިވާ ވައިގައި ނޭވާލަމުން ދިރިއުޅުމަށް މަޖުބޫރުވުމުގެ ސަބަބުން، ދިރިއުޅުމުގެ ފެންވަރާއި ދިރިއުޅުމުގެ އެކްސްޕެކްޓަންސީ ވަރަށް ބޮޑަށް ދަށްވަމުންދާ ބައެކެވެ. އަދި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 7 މިލިއަން މީހުން ވައިގެ ޕޮލިއުޝަން ގެ ސަބަބުން ޖެހޭ ބަލިތަކާއި އިންފެކްޝަންތަކުގައި މަރުވެގެންދެއެވެ. މިއީ މަގުމަތީގައި ޓްރެފިކް އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ 5 ގުނަ އިތުރުކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. ވައި ޕޮލިއުޓުކުރާ ބާވަތްތަކަށް ގިނަ ވަގުތު އެކްސްޕޯޒް ވެފައި ހުރުމުގެ އިންސާނާގެ ސިކުނޑިއަށް ނޭދެވޭ ބައިވަރު އަސަރުތައް ކުރާކަމެއްކަމަށް ތަފާސް ހިސާބުތަކުން ވަރަށް ކުރީއްސުރެ ދައްކާފައި އެބަހުއްޓެވެ. މީގެ ތެރޭގައި، ސިކުނޑި ތަރައްގީ ވުމުގައި ދިމާވާނެ ހުރަސްތަކާއި، އަހްލާގީ މައްސަލަތަކާއި، އަދި ކުޑަ ކުދިންގެ އައިކިއު ދައްވުމުގެ މައްސަލަތައް ފާހަގަކޮށްލެއެެވެ. އުމުރުން ދުވަސްވީ މީހުނަށް ވައިގެ ޕޮލިއުޓަންޓްސް ގެ ސަބަބުން އޯލްޒައިމާޒް އާއި ޕާކިންސަންސް ފަދަ ބަލިތައް ޖެހުންވެސް މިއީ ތަފާސް ހިސާބުތަކުން ދައްކާ މައުލޫމާތެކެވެ،

3- މިދިޔަ 50 އަހަރުގެ ތެރޭގައި އިންސާނުން އެކި ގައުމުތަކުގައި ކާންބޯން ބެނުންކުރާ ބާވަތްތައްވަނީ އެއްބާވަތް އަނެއް ބާވަތްތަކާއި 37 ޕެސެންޓް އެއްގޮތް ވެފައެވެ. ދުނިޔޭގެ ހަކަތައިގެ އިންޓޭކްގެ 75 ޕަސަންޓަކީ 12 ގަސްގަހާގެހީގެ ބާވަތާއި 5 ޖަނަވާރުގެ ބާވަތެވެ. މިއަދަށް ބަލައިލާއިރު، ކޮންމެ ތިންމީހަކުން އެއް މީހަކީ މެލްނިއުޓްރިޝަންގެ ޝިކާރަކައަކަށް ވެފައިވާ މީހެކެވެ. އަދި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ޑައިބެޓިސް، ކެންސަރު އަދި ހިތުގެ ބަލިތައް ފަދަ ބަލިތައް ޖެހޭ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަކަށް މައްޗަށެވެ.

4- ދުނިޔޭގައި ކާންބޯން ބޭނުންުކުރާ ބާވަތްތައް އެއްގޮތްވުމުގެ ސަބަބުން ބޭސްވެރިކަމަށް ބޭނުންކުރެވޭ ބާވަތްތަކުގެ ބާރު ދަށްވަމުން ދާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. ގުދުރަތީ އުފެއްދުންތަކަކީ ބޭސްވެރިކަމުގެ ދުނިޔޭގައި ވަރަށް މުހިންމު އިސް ރޯލެއް އަދާ ކުރާ ވަސީލަތެކެވެ. ކެންސާ ތެރަޕީ ފަދަ މަސައްކަތްތަކަށް ބޭސްކުރުމުގައި އެންމެ އިސް ސަފުގައި އިންނަ އެއް ކޮންޕޯނެންޓަކީ ގުދުރަތީ އުފެއްދުންތަކެވެ. އެހެންނަމަވެސް މާހިރުން ދައްކާގޮތުގައި، 15،000 ބޭސްވެރިކަމަށް ބޭނުން ކުރާ ގުދުރަތީ ގަސްގަހާގެއްސަކީ ނައްތައިގެން ގޮސްދާނެ ކަމުގެ ބިރުހީވެފައިވާ ގަސްގަހާގެއްސެވެ. ކޮންމެ 2 އަހަރަކު މުޅި ދުނިޔެއިން މުހިންމު ބޭހެއް ގެއްލިގެން ދާކަމަށްވެސް މާހިރުން ރިޕޯޓު ކޮށްފައިވެއެވެ.

5- ގިނަ މީހުންގެ އާދަކާދަތައް ހުންނަ ގޮތުންވެސް ތިމާވެށްޓަށް ވަރަށް ބޮޑެތި ގެއްލުންތައް ދެވިގެންވެއެވެ. ފެންނަހާ ކޮންމެ ތަނަކަށް ކުުނި އަޅާލުމަކީ ގިނަ މީހުންގެ ގައިގައި ވަރަށް ބޮޑަށް ހަރުލާފައި ހުންނަ ނުރައްކާތެރި އާދައެކެވެ. މިހެން އުކާލެވޭ ކުނިތަކަކީ އިކޯސިސްޓަމް ތަކުގައި ކުނިތައް ދެމެހެއްޓެނިވި ގޮތަކަށް ހުންނަ ބާވަތެކެވެ، މީގެ ސަބަބުން ތިމާވެށްޓަށާއި އިންސާނާއަށް އެތަކެއް ނުރައްކަލަކާ ކުރިމަތި ލާންޖެހެއެވެ. ތަގައްޔަރުވެފައިވާ ފެން، ނަރުދަމާ ނިޒާމްގައި ދިމާވާ މައްސަލަތައް، އެގްރިކަލްޗަރަލް ކުންޏާއި އަދި އިންޑަސްޓްރިއަލް މަސައްކަތްތަކުން ބާކީވާ އެއްޗެހީގެ ސަބަބުން، މަދުވެގެން 1.8 ބިލިއަން މީހުން ކޮލެރާ، ޑިސެންޓްރީ، ޓައިފޮއިޑް އަދި ޕޯލިއޯ ޖެހުމުގެ ފުރުސަތު އިތުރަށް ފަހިވެގެން ދާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. ކޮންމެދުވަހަކު ބޭނުންކުރާ ބައެއްސސޒ××ދދ ސާމާނުގަައި މެތިލްމާކިއުރީ ކިޔާ މާއްދާއެއް އެކުލެވެއެއެވެ. މި މާއްދާއަކީ އޭތި އުކާލާފަހަރު ފަހަރު މަސް އެއްޗިހި ތަގައްޔަރުކޮށް ބަލި ކުރާ މާއްދާއެެކެވެ، ތަގައްޔަރުވެފައިވާ މަސް އިންސާނުން ކައިހަދާނަމަ، އޭގެ ސަބަބުން ނާވަސް ސިސްޓަމާއި، ޑައިޖެސްޓިވް ސިސްޓަމާއި، ދިފާއީ ދައްކޮށްލާ ނޭދެވޭ އަސަރުތައް ޖައްސައިހަދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މާހިރުން ބުނާގޮތުގައި ކުނި އުކާލެވޭ ގޮތްގޮތުގެ ސަބަބުން ދިރޭ އެއްޗިއްސަށް މައިކްރޯޕްލާސްޓިކްސް އިން ދިމާވާ ނުރައްކާތައް އަންނަނީ އަހަރަކަށްފަހު އަހަރެއްގައި ކަންތައް ބޮޑުވަމުންނެވެ. ހަމައެއާއެކު، ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮންމެ އަހަރަކު 25 މިލިއަނަށްވުރެ ގިނަ މީހުން އެކިއުޓް ޕެސްޓިސައިޑް ވިހަވުމުގެ ޝިކާރައަކަށް ވެގެން ދެއެވެ. އަދި އެއާއެކު ރިސާޗް ތަކުން ދާދި ފަހުން އެނގުނު ގޮތުގައި، ގަސްގަހާގެއްސަށް މުޅިދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރެވޭ ބޭހެއް ކަމަށްވާ ގްލިސޮޕޭޓް އަކީ ނޮން-ހޮޖްކިން ލިމްފޯމިއާ އާއި އެހެނިހެން ކެންސަރުތަކަށް މަގުފަހުކޮށްދޭ އެއްޗެކެވެ. ބައެއް ޒާތުޒާރުގެ ބޭސްތަކަކީވެސް ތިމާވެށްޓަށާއި އިންސާނާއަށް ނުރައްކާތެރި ތަކެއްޗެވެ. 2017 ވަނަ އަހަރުގައި ޔޫއެންއީޕީ އިން ނެރުމު ރިޕޯޓެއްގައި އެންޓައިބައޮޓިކްސް ގެ ބާރު ދައްވާން ފަށައިފާވާކަން ވަނީ ކަށަވަރުވެފައެވެ. ސަބަބަކީ، ލައިވްސްޓޮކް ހެައްދުމަށް މީހުން އެންޓައިބައޮޓިކސް ބޭނުންކޮށްކޮށް ގޮސް އަމާޒުވެފައިވާ ބެކްޓީރިއާ ސްޓްރޭންޑް ތައް ރެޒިސްޓަންޓް ވާން ފަށައިފާވާތީއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރަކު ރެޒިސްޓެންޓް އިންފެކްޝަންސް ތަކުގެ ސަބަބުން ގާތްގަނޑަކަށް 700،000 މީހުން މަރުވެއެވެ.

6- ކިތަންމެ ގަބޫލުކުރަން ދަތިކަމުގައި ވިޔަސް، މޫސުމަށް އަންނަ ބަދަލުތަކަކީވެސް ތިމާވެށީގެ އިތުރުން އިންސާނާގެ ފުރާނަޔަށް ނުރައްކާތެރި ކަންތައްތަކާ ކުރިމަތިކުރުވާ ކަމެކެވެ. ނިމިގެންދިޔަ 20 ވަަނަ ގަރުނަކީ ތާރީހު ދުއް ސައިންސްވެރިން ރިކޯޑު ކޮށްފައިވާ އެންމެ ހޫނު ގަރުނެވެ. ޖެހިގެން އޮތް ގަރުނަށް އައި އިރު، މިހާރު މިވަނީ މޫސުން ބަދަލުވުމުގެ ބިރުވެރިކަމާ ކުރިމަތި ލާންޖެހިފައެވެ. އަލިފާނުގެ ހާދިސާތަކާއި، ފެންބޮޑުވުންތަކާއި، ސުނާމީތަކާއި، ނަގޫރޯޅިތަކާއް ފަދަ ގުދުރަތީ ކާރިސާތައް ވަނީ ދުނިޔޭގެ ގިނަ ސަރަހައްދު ތަކުގައި އާންމު ކަމަކަށް ވެފައެވެ. މިގުދުރަތީ ނުރައްކާތަކާ ހެދި އިންސާނުންގެ ފުރާނައަށާއި، ގެދޮރާއި، މަސައްކަަތަށް ބޭނުންވާނޭ ސާމާނާއި، ކެއިންބުއިމަށް ބޭނުންވާނޭ މާއްދާތަކަށް ބޮޑެތި ގެއްލުންތަކެއް ދައްކަމުންދެއެވެ. ހަމައެއާއެކު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވައިރަސްތައް ފަދަ ކުދި މައިކްރޯބްސް އަށް އާލަވެ ފެތުރެންވެސް ވަރަށް ބޮޑަށް މަގުފަގިވެގެން ދެއެވެ. ފުރަތަމަ ޕެރެގްރާފްގައި ފާހަގަކޮށްލައިފާ އޮތް ގޮތަށް އިންޓަގަވަމެންޓަލް ސައިންސް ޕޮލިސީ ޕްލެޓްފޯމް އޮން ބައޯޑައިވާސިޓީ އެންޑް އިކޯސިސްޓަމް ސާވިސަސް އިން ނެރެފައިވާ އާޓީކަލް އެއްގައި ވާގޮތުން، ޕެންޑެމިކް ތަކާ ކުރިމަތި ލާންޖެހުން މިއީ އާންމުކަމަކަށް ވުމުގެ ދަނޑިވަޅު ވަރަށް ބޮޑަށް ގާތެވެ. އަދި ދެން އޮތް ޕެންޑެމިކް ތައް މާ ހަލުވި ދުވެއްޔެއްގައި މާދުރަށް ފެތުރި ހަމަ ޔަގީނުންވެސް މާގިނަ މީހުންގެ ފުރާނައަށް ނުރައްކާކޮށް މަރުވާ މީހުންގެ އަދަަދުވެސް މާގިނަވާނެއެވެ.  

           

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް