ads
ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު --
ފިނޭންސް މިނިސްޓަރަށް އިތުބާރެއް ނެތް: އަފީފު
ފިނޭންސް މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

އަފީފު މިހެން ވިދާޅުވީ ދައުލަތުގެ ހަރަދުތަކަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާ ކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލައާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ފިނެންސް މިނިސްޓަރުގެ ޒިންމާތައް ފުރިހަމައަށް އަދާކުރަމުންނެއް ނުދޭ. އެހެން ކަމަށް ވީއިރު މިފަދަ ބޮޑެތި ހަރަދުތަކެއް ކުރަން އަނެއްކާވެސް ހަވާލު ކުރަންވީ ތޯ؟- އަފީފު


ކޮވިޑުގެ ހާލަތުން އަރައި ނުގަނެވިގެން އުޅޭތީ ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވާ ގޮތަށް ކަންތައް ކުރަން ފެންނަ ކަމަށާއި، ނަމަވެސް ކުރާ ހުރިހާ ހަރަދެއް މަޖިލީހަށް ގެނެސްގެން ނަމަވެސް ބަލަން ޖެހޭ ކަމަށް އަފީފު ވިދާޅުވިއެވެ. 

މި ކަންތައްތައް (ކޮވިޑުގެ ހަރަދުތައް) ހިނގާފައި މިއޮތީ ކިހިނެއްތޯ ބަލަން ޖެހޭ ކަމަށާއި، ކޮމިޓީއަކަށް ގެންގޮސްގެން މި މައްސަލަ ބަލަން ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިކޮމިޓީއަކީ މަޖިލީހުން ނަގާ ހާއްްސަ ކޮމިޓީއަކަށް ވާން ޖެހޭނެ ކަމަށް ވެސް އަފީފު ވިދާޅުވިއެވެ.

" އަޅުގަނޑުވެސް ހިމެނޭ ކޮމިޓީއެއް މާލިއްޔަތު ކޮމިޓީއަކީ. އެކަމަކު މާލިއްޔަތު ކޮމިޓީއަކަށް މިއަދު އަޅުގަނޑަކަށް ނެތް މިއަދު މިކަންތައް ރަނގަޅަށް ގެންދާނެ ކަމަށް ގަބޫލު ކުރެވޭކަށް. އެތަނުގައި އިންނަ މީހެއްގެ ހައިސިއްޔަތުން މިބުނަނީ އަޅުގަނޑަކަށް މިހާރު ޔަގީންކަމެއް ނެތް މާލިއްޔަތު ކޮމިޓީން މިކަންތައް ރަނގަޅަށް ގެންދާނެ ކަމަށް،" އަފީފު ވިދާޅުވިއެވެ.


އަދި ވަރަށް ބޮޑެތި ހަރަދުތަކެެއް ކުރެވިފައިވާ ކަމަށް ސަރުކާރާއި ފިނޭންސް މިނިސްޓްރީން ވެސް ބުނަމުންދާއިރު މި ހަރަދުތައް ކުރެވިފައިވަނީ އެންމެ ރަނގަޅަށްތޯ ބެލުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަފީފު ވިދާޅުވިއެވެ.  

އަފީފު ވިދާޅުވީ އޮޑިޓް ރިޕޯޓުން ދައްކާގޮތުން ހަރަދުތައް ކޮށްފައިވަނީ އެންމެ ރަނގަޅަށް ކަން ގަބޫލުނުކުރައްވާ ކަމަށާއި، ވެންޓިލޭޓަރުގެ މައްސަލާގައި ކަންތައްތައް ދަނީ ރަނގަޅަށްތޯ ފިނޭންސް މިނިސްޓަރު ބައްލަވާފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް