ads
ރައީސް ޔާމީން-- ފޮޓޯ: އަވަސް އޮންލައިން
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ރައީސް ޔާމީންގެ މައްސަލަ ބަލައިގެންފި
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ނިންމި ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި އެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަތް ނަމަވެސް، އަދި މިމައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފަށާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

މަނީ ލޯންޑާ ކުރި ކަމަށް ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު 29 ވަނަ ދުވަހުގައެވެ. ކްރިމިނަލް ކޯޓުގައި މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމް ކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. 

ރައީސް ޔާމީނަށް ދައުވާ ކޮށްފައި ވަނީ އެމްއެމްޕީއާރްސީ އިން ގއ. ވޮޑުމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އަދި އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ.

އެ ފައިސާގެ މައްސަލައިގައި އޭސީސީން ވަނީ އެ މައްސަލަ ބަލާ ނިމެންދެން އެސްކްރޯ އެކައުންޓެއް ހަދާ އެ އެކައުންޓުގައި ފައިސާ ބެހެއްޓުމަށް ރައީސް ޔާމީނާއި އެކު އެއްބަސްވުމެއް ހަދާފަ އެވެ. އަދި އެ އެއްބަސްވުމުގައި ވަނީ ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެ އެސްކްރޯ އެކައުންޓަށް ޖަމާކުރުމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން އެ އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައި ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހޯއްދަވައިދެއްވި އެއް މިލިއަން ޑޮލަރެވެ.

އެސްކްރޯ އެކައުންޓަށް ޖަމާ ކުރީ އެހެން ފައިސާއެއްކަން އެނގުނީ އެމްއެމްއޭގެ އެފްއައިޔޫއިން އެކަން އޭސީސީގެ ސަމާލުކަމަށް ގެނައުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް