ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
އިތުރު ރުފިޔާ ޗާޕުކުރުމަށް މަޖިލީހުން ބުނީ ނޫނެކޭ
ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި އެދުނު އެދުމާ މެދު މިއަދުގެ މަޖިލީހުން ނޫނެކޭ ބުނެފިއެވެ.

މިއަދު މަޖިލީހުގައި އެހި ވޯޓުގައި 48 މެމްބަރުން ވަނީ އެހުށަހެޅުމަށް ނޫނެކޭ ބުނެފައި ވާއިރު، އާއެކޭ ބުނީ 12 މެމްބަރުންނެވެ. އެހެން ކަމުން މި މައްސަލައަށް މިއަދުގެ މަޖިލީހުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. 

ހުށަހެޅުން ފާސްނުވުމުން، މިއަދުގެ މުޅި މައްސަލަ އާ ގުޅޭގޮތުން އެއްވެސް ގޮތަކަށް ފާހެއް ނުވި. އެހެންވީމާ، މިނިސްޓްރީ އޮފް ފިނޭންސުން އެދިވަޑައިގެން އެދިވަޑައިގަތުމާ ގުޅޭގޮތުން މި މަޖިލީހުން ވަކި ގޮތެއް ނުނިންމަވާ - މަޖިލީހުގެ ރައީސް ނަޝީދު

މި މައްސަލައިގައި ގިނަ މެމްބަރުން ނޫނެކޭ ބުނެފައިވާއިރު، ފިނޭންސް މިނިސްޓްރީއިން ކުރާ ހަރަދުތަކާއި މެދު ބައެއް މެމްބަރުން ވަނީ ސުވާލު އުފައްދާފައެވެ. 

އެގޮތުން މި މައްސަލައިގައި ބަހުސް ކުރަމުން، ފިނޭންސް މިނިސްޓަރުގެ އިތުބާރު ނެތް ކަމަށާއި، ފިނޭންސް މިނިސްޓަރުގެ ޒިންމާތައް ބަރާބަރަށް އަދާކުރަމުން ނުދާ ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ އިއްޔެގެ މަޖިލީހުގައި ވިދާޅުވެފައެވެ. 

ނަމަވެސް ކޮވިޑުގެ ހާލަތުން އަރައި ނުގަނެވިގެން އުޅޭތީ ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވާ ގޮތަށް ކަންތައް ކުރަން ފެންނަ ކަމަށާއި، ނަމަވެސް ކުރާ ހުރިހާ ހަރަދެއް މަޖިލީހަށް ގެނެސްގެން ނަމަވެސް ބަލަން ޖެހޭ ކަމަށް އަފީފު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް