ads
އީގަލްސް- ތިމްޕޫ މެޗުގެ ތެރެއިން
އީގަލްސް - އަބަހާނީ މެޗު މާލެއަށް ބަދަލުކުރެވޭތޯ ބަލަނީ
އޭއެފްސީ ކަޕު ޕްރިލިމިނަރީ ދެވަނަ ބުރުގައި ކްލަބު އީގަލްސްއާ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ކުޅޭ މެޗު މާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެހެންނަމަވެސް އެފްއޭއެމުން ރަސްމީކޮށް މި ކަން ހާމަކޮށްފައެއް ނުވެއެވެ.

އަބަހާނީއާ އީގަލްސްގެ މެޗު ފުރަތަމަ ކުޅޭ ގޮތަށް އޮތީ މިދިޔަ ބުދަ ދުވަހު ޑާކާގައެވެ. އެހެންނަމަވެސް ކޮވިޑާ ހެދި އެ ދުވަހު ޑާކާގައި އެ މެޗު ކުޅެވެން ނެތުމުން ދެން ބެލީ ނިއުޓްރަލް ދަނޑެއްގައި އެ މެޗު ކުޅޭށެވެ. އެގޮތުން ނޭޕާލުގައި އެ މެޗު މާދަމާ ކުޅެން ނިންމިއެވެ. އެހެންނަމަވެސް ޑާކާގައި ކޮވިޑުގެ ހާލަތު ގޯސްވެ، އިންޓަރނޭޝަނަލް ފްލައިޓުތައް މެދު ކަނޑާލުމުން އަބަހާނީއަށް ނޭޕާލަށް ދެވޭ ގޮތް ނުވީއެވެ. 

ދެން އޭއެފްސީން ހުށަހެޅީ މާދަމާ ނޫނީ މި މަހުގެ ފަންސަވީހުގައި އިންޑިޔާގެ ބެންގަލޫރުގައި އެ މެޗު ކުޅޭށެވެ. އެހެންނަމަވެސް ޑާކާގައި ކޮވިޑުގެ ހާލަތު ގޯސްވެ، އިތުރު އެއް ހަފުތާއަށް ފްލައިޓުތައް ހުއްޓާލުމުން އަބަހާނީއަށް ބެންގަލޫރަށް ދެވޭނެ ގޮތެއްވެސް ނެތެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އޭއެފްސީއަށް މިހާރު ހުށަހަޅާފައިވަނީ މާލޭގައި އެ މެޗު ކުޅޭށެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުގައި އެ މެޗު މެއި މަހުގެ ތާރީޚަކަށް ފަސް ކުރުންވެސް ގާތެވެ. އެހެންނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ނުނިމެވެ. މެއި މަހުގެ ތާރީޚަކަށް އެ މެޗު ފަސް ކުރަން މަޝްވަރާ ކުރެވެނީ ގްރޫޕް ސްޓޭޖުގެ މެޗުތައް އޮތީ މެއި މަހު މާލޭގައި ކަމަށްވުމުން ދަތުރުތައް މަދު ކުރާށެވެ.

ޑާކާ އަބަހާނީއާ ކްލަބު އީގަލްސް ކުޅޭ މެޗުން މޮޅުވާ ޓީމެއް ކުޅެން ޖެހޭނީ އިންޑިޔާގެ ބެންގަލޫރު އެފްސީއާއެވެ. މިހާރު އެ މެޗު ކުޅެން ހަމަ ޖައްސާފައިވާ ތާރީޚަކީ މި މަހުގެ އަށާވީސް ވަނަ ދުވަހެވެ. އެހެން ނަމަވެސް ޑާކާ އަބަހާނީއާ އީގަލްސް މެޗު ފަސްވާވަރަކަށް ބެންގަލޫރާ ދެކޮޅަށް ކުޅެން ޖެހޭ ކޮލިފައިންގެ ފަހު މެޗުގެ ތާރީޚުވެސް ފަސްވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް