ads
ވާޝިޔާ އެމްޓީސީސީގެ އިޝްތިހާރު ތެރެއިން——
ވާޝިޔާ ވީ މައިންބަފައިން އުފަލުން ރޮއްވާލަދޭ "ރައްޔިތުންގެ ދަރިފުޅަށް"
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހާއްސަކޮށް ރާއްޖެ މި ހިމެނޭ އޭޝިއާ ސަރަހައްދުގައި ހިމެނޭ ގައުމުތަކަކީ އަންހެނުންނަކީ މިނިވަންކަން ހަނި ކަންކަން ނުވާނެ ބައެއްގެ ގޮތުގައި ދެކެވޭ ދެކުން ވަރަށް ބޮޑު ގައުމުތަކެެކެވެ. މިކަމުގެ މިސާލެއް އެންމެ ރީތިކޮށް ފެންނަން އޮންނާނީ އެންމެ ކައިރިން ބަލާލާނަމަ އިންޑިއާއިންނެވެ. މި ގައުމުގައި އަންހެނުންނަށް ވަކި ކަންތައްތަކެއް ލިމިޓުކުރެވި އެއީ ހަމައެކަނި ގޭގެ މަސައްކަތްތަކަށް ހާއްސަ ނުވަތަ ދަރިން ބެލުމުގައި ގޭގައި ތިބެންޖެހޭ ބައެއްގެ ގޮތުގައި ދެކެއެވެ.

މިކަން މަދުން ނަމަވެސް ރާއްޖެއިންވެސް ފެނެއެވެ. އަންހެން ކުއްޖެއް ނަމަ އާއިލާއެއް ބެެލެހެއްޓުމަށް މާކަބޮޑު ޒިންމާއެއް އަދާނުކުރެވޭނެ ކަމަށާއި، ވަޒީފާއަަކަށް ދިޔަޔަސް އަންހެން ކުއްޖެނަމަ އިންނަންވާނީ ޑެސްކު ޖޮބެއްގައި ނުވަތަ ކައުންޓަރުގައި ކަމަށް ހީކުރެވެއެވެ. ނޫނީ ފިހާރައެއްގައި ސޭލްސް ގާލްއަކަށް ހަރުގަނޑު ފޮޅާލަން، ނުވަތަ ގޭގައި ކަންކަން ނުވަތަ ދަރިން ބަލަން ހުންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވެއެެވެ.

އެމްޓީސީސީއިން މިފަހުން ނެރުނު "ރައްޔިތުންގެ ދަރިން" އިޝްތިހާރަކުން ކިޔައިދެނީ މިއީ ބަދަލުކުރަން ޖެހިފައިވާ ވިސްނުމެއްކަމެވެ. އަންހެނަކަަށް ވުމުން ނުކުރެވޭނެ ވަކި ކަމެއް ނޯންނާނެ ކަމެެވެ. އަންހެނުންނަށް ހާއްސަ ވަޒީފާއަކީ ހަމައެކަނި "ޑެސްކު ޖޮބް" ތަކެއް ނޫންކަމެވެ. އަންހެނުންގެ ހުނަރުތަކާއި، ކުރިއެރުންތަކުގައި ކައުންޓާ ދޮށަށް ވަދެ ފުލުސްޓޮޕް ޖަހައިގެން އިންނަަން ނުޖެހޭނެ ކަމެވެ. އަންހެނަކަށް ވިޔަސް ފިރިހެނެކޭ އެއްފަދައިން ނުވަތަ އެއަށްވުރެ ފުރިހަމައަށް ފުރުސަތެއް ލިބިއްޖެނަމަ އާއިލާ ބަލަހައްޓާނެ އަދި ބެލެހެއްޓޭނެ ކަމެވެ. ފަހަތަށް ނުޖެހޭނެ ކަމެވެ. އަންހެން ދަރިންނަަކީވެސް އާއިލާގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރެވޭނެ، މައިންބަފައިން ފަހުރުވެރި ކޮށްދެވޭނެ ބައެއް ކަމެވެ. 

މި ވީޑިއޯއިން އަރަމުން އަންނަ ފިލްމީ ތަރި އަދި މޮޑެލް ވާޝިޔާ މުހައްމަދު ދައްކުވާދެނީ އެކަމެވެ. ވީޑިއޯ ފުރަތަމަ ފެށިގެން ނިމުމާއި ހަމަޔަށް ބަލައި ނިންމާލިއިރު، އަޅުގަނޑުގެ ގައިންވެސް ހުރީ ހީބިހި ނަގާފައެވެ. 

ވީޑިއޯއިން ފެންނަނީ ކުޑަ މެދުމިނުގެ އާއިލާއެކެވެ. މަންމައަކާއި ބައްޕައެކެވެ. އެދެމީހުންގެ ތިބެނީ ފިރިހެން ދަރިއަކާއި އަންހެން ދަރިއެކެވެ. މިވީޑިއޯގައި ވާޝިޔާއަކީ އާއިލާގެ އެންމެ ބޮޑު ކުއްޖާއެވެ. ދޮންތައެވެ. އާއިލާ ބެލެހެއްޓުމަށް މަސައްކަތް ކުރަނީ ބައްޕަ އެކަންޏެވެ.

ކޮވިޑް-19އާއި ގުޅިގެން މާލޭގައި ދިރިއުޅޭ މި އާއިލާ އަށްވެސް ވަނީ ދަތިތަކާއި ކުރުމަތިލާން ޖެހިފައެވެ. ކޮވިޑް-19އާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުންގެ ތެރެއިން ވާޝިޔާގެ ބައްޕަ ހިމެނެއެވެ. ސިޓިން ރޫމުގައި ތިބެގެން އެ މަންމަ ވާހަކަ ދައްކަމުން ދިޔައީ އެކަމާއެވެ. ކުރިއަށް އޮތީ ރޯދަމަސް ކަމުން ބައްޕަ ވިސްނަމުން ދިޔައީ ކުޑަކުޑަ އާއިލާ ކައިގެން ބޮއިގެން އުޅޭނެ ގޮތަކާއި މެދުއެވެ. 

ބައްޕަގެ ހާސްކަން ފެނި ވަޒީފާ ހޯދުމަށް ދޮންތަ އާއި އޭނާވެސް މަސައްކަތް ކުރާ ކަމަށް ފިރިހެން ދަރިފުޅު ބުނުމުން ބައްޕަގެ ޖަވާބަކަށްވީ، "އަންހެން ކުއްޖަަކަށް ލިބޭނީ ކޮންމެވެސް ކައުންޓަރަކުންދޯ ޖޮބު، މާބޮޑު އެއްޗެއް ނުލިބޭނެ" މިހެންނެވެ. އެވަގުތު ގޮތް ހުސްވެފައިވާ ވާޝިޔާއަށް ލިބުނީ އިތުރު ހިތްދަތި ކަމެކެވެ. އެހެން ނަމަވެސް އިތުރު އެއްޗެއް ނުބުނެ ކޮޓަރިއަށް ވަދެ ބައްޕަގެ އެބަހާއި މެދު ވިސްނަން ފެށިއެވެ. އިތުރު ގޮތެއް އޮތްތޯ ހޯދެން ފެށިއެވެ. ކުއްލިއަަކަށް އޭނާގެ ލޮލުގައި އަޅައިގަންނަނީ އެމްޓީސީސީން ދިވެހިންނަށް ހުޅުވާލާފައިވާ 250 ވަޒީފާގެ ފުރުސަތުގެ ހަބަރެކެވެ. 

ވަގުތުން އެ ފުރުސަތުގެ ބޭނުން ހިފާ ވަޝިޔާ އިންޓަވިއުއަަށްވެސް ދެއެވެ. އުންމީދަކަށްވީ ބައްޕަގެ އެ ވިސްނުން ބަދަލުކުރުމެވެ. އާއިލާއަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ޑެސްކު ޖޮބަކަށް ނުގޮސްވާނެ ގޮތެއް ބެލުމަށެވެ. އިންޓަވިއުގައި އޭނައާއި ކުރިމަތިވި ސުވާލަކީ، "މިއީ ތަފާތު ފިޒިކަލީވެސް ޗެލެންޖިން މަގާމަކަށް ވާއިރު އެ މަގާމަށް ކުރިމަތި ލުމަށް ވިސްނީ ކީއްވެތޯ" އެެވެ. ވާޝިޔާގެ ޖަވާބު ވަރަށް ސާފެވެ. ބޭނުންވަނީ އަންހެނުންނަކީ ޑެސްކު ޖޮބުތަކުގައި ތިބޭ މުސާރަ ކުޑަ އާއިލާ ނުބެލެހެއްޓޭނެއޭ ބުނާ ބުނުން ބަދަލުކުރުމެވެ. 

"ކައުންޓަރެއްގެ ފަހަތުގައި އިންނަން ނުޖެހެންޔާ އަޅުގަނޑަށް ހަމަ އެންމެ ރަނގަޅު" ވާޝިޔާގެ ޖަވާބަކީ މިއެވެެ. 

އެޔަށްފަހު ދެން ފެންނަނީ އޭނާއަށް އެ ވަޒީފާ ލިބޭތަނެވެ. ފުރަތަމަ މަސައްކަތަކަށްވީ އެމްޓީސީސީ ފެރީ ޓާމިނަލްއިން ފެރީގެ ފަޅުވެރިޔެއްގެ މަސައްކަތެވެ. އެމްޓީސީސީ ބަހުގެ މަސައްކަތުން، އެ ކުންފުނީގެ ބޯޓު ޔާޑުގައިވެސް އޭނާ މަސައްކަތް ކުރާތަން ފެނެއެވެ. އެ މަސައްކަތުގައި އުޅެނިކޮށް ފުރުސަތު ލިބުނީ ކަނޑުއަޑީގެ ވެލްޑިން ކޯހަކުންނެވެ. ކިތަންމެ އަންހެން ކުދިން ކުރަން ފަސް ޖެހޭ މަސައްކަތަކަށް ވިޔަސް އަންހެން ކުއްޖަކަށްވީއޭ ބުނެ ފަހަތަށް ޖެހޭކަށް ވާޝިޔާ ބޭނުމެއް ނުވިއެވެ. އެ ފުރުސަތުގެ ބޭނުންކޮށްގެން ކަނޑުއަޑީގެ ވެލްޑިން ކޯހުގައި ބައިވެރިވެ އެ މަސައްކަތް ކުރާތަންވެސް ފެނެއެވެ. 

ދެން ފެންނަނީ އެމްޓީސީސީގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކުން ފެށިގެން ރަށްރަށުގައި އެމްޓީސީސީން ހުއްޓުމެއް ނެތި ކުރިއަށްގެންދާ ނަރުދަމާ ނިޒާމުގެ މަޝްރޫއުތަކުގައި ވެސް ސްޕަވައިޒަރެއްގެ މަގާމު ފުރަމުންދާ ތަނެވެ. ސީދާ ސައިޓުތަކުގައި ފިރިހެނުންނެކޭ އެއްގޮތައް ހަރަކާތްތެރިވަމުން ދިޔަ ވާޝިޔާ އެމްޓީސީސީގެ ފަރާތުން ޓީވީތަކަށް އިންޓަވިއު ދޭތަންވެސް ފެނިގެންދެއެވެ. އެމްޓީސީސީ ފެރީގެ ފަޅުވެރިއެއްގެ ގޮތުން އެންމެ ފުރަތަމަ ދަތުރުފެށި ވާޝިޔާގެ ކާމިޔާބީ ގޮސް ހުއްޓުނީ އެމްޓީސީސީއިން އެކި ރަށްރަށުގައި ކުރިއަށް ގެންދަމުންދާ ބޮޑެތި މަޝްރޫއުތަކުގެ ސްޕަވައިޒަރެއްގެ ހައިސިއްޔަތަށެވެ. 

އެތައް މިންނެތް ބުރަ މަސައްކަތަކަށްފަހު ހުއްޓުމެއްނެތި ކުރި ބުރަ މަސައްކަތުން ދެން ފެންނަނީ ""އަންހެން ކުއްޖަަކަށް ލިބޭނީ ކޮންމެވެސް ކައުންޓަރަކުންދޯ ޖޮބު، މާބޮޑު އެއްޗެއް ނުލިބޭނެ" ބުނި ބައްޕަ ފަހުރުވެރިކަމާއިއެކު ރޮމުން "އެއީ މަގޭ ދަރިފުޅު ޝިޔާ އޭ" ބުނާ މަންޒަރެވެ. 

ޓީވީއަކަށް ޝިޔާދޭ އިންޓަވިއު ބަލަން އިނދެ ބައްޕައާއި މަންމަ މީހަކަށް ގުޅައިގެން ފަހުރުވެރި ކަމާއިއެކު ދަރިފުޅު ޝިޔާއާއި ބެހޭގޮތުން ވާހަކަދައްކާ ތަން ފެންނަ މި ވީޑިއޯ ޝިޔާއަށް ފޮނުވަނީ އޭނާގެ ފިރިހެން ކޮއްކޮ އެވެ. ބައްޕައާއި މަންމަ ރޯ މަަންޒަރު ފެންނަ އެ ވީޑިއޯ މެސެޖު ނިންމާލަމުން ކޮއްކޮ ބުނަނީ " ދޮންތާ، ބައްޕަ މިހާރު ބޭނުންވަނީ ހުސް އަންހެން ދަރިން" މިހެންނެވެ. ރޮމުން ކޮއްކޮ ބުނާ މި ޖުމުލައާއިއެކު ޝިޔާގެ އިމޯޝަންތައް އިތުރަށް ނުހިފެހެއްޓި ބާރުބާރަށް ރޯތަން ފެނެއެވެ. އަންހެނަކަށް ވީތީއޭ ބުނެ ފަހަތަށް ނުޖެހި ޝިޔާކުރި ބުރަ މަސައްކަތުން ރޯދަމަަހަށް ކާޑުގެ ބާވަތްތައްވެސް ގެޔަށް ލިބި ބައްޕަގެ ކަންބޮޑުވުން ތަކަށްވެސް ހައްލު ހޯދައިދިނީއެވެ. 


ވާޝިޔާ ވީ މައިންބަފައިން އުފަލުން ރޮއްވާލަދޭ "ރައްޔިތުންގެ ދަރި" އަކަށެވެ. އަންހެން ކުއްޖެއްނަމަ އާއިލާއެއް ބެެލެހެއްޓުމަށް މާބޮޑު ޒިންމާއެއް އަދާނުކުރެވޭނެ ކަމަށާއި، ވަޒީފާއަަކަށް ދިޔަޔަސް އަންހެން ކުއްޖެނަމަ އިންނަންވާނީ ޑެސްކު ޖޮބެއްގައި ނުވަތަ ކައުންޓަރުގައި ކަމަށް ހީކުރެވޭ ހީކުރުން އެމްޓީސީސީގެ މި އިޝްތިހާރުން މުޅިން ބަދަލުކޮށްލާނެކަން ގައިމެވެ. 
87%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް