ads
ހަދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ފައިސާގެ މައްސަލައެއްގައި ބިދޭސީއެއްގެ އަންހެނުންނަށް ހަމަލާދީފި
ދެ ބިދޭސީއެއްގެ ދެމެދުގައި ޖެހުނު މައްސަލައެއް ހޫނުވެ އޭގެ ތެރެއިން އެކެއްގެ އަންހެނުންނަަށް ހަމަލާދީފި އެވެ.

މައުލޫމާތު ލިބޭގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭގައި ބިދޭސީން ތަކެއްގެ މެދުގައެވެ. ހަމަނުޖެހުން ހިނގީ މިމީހުންގެ މެދުގައި ޖެހުނު ފައިސާގެ މައްސަލަތަކެއް ގައެވެ. 

މިމައްސަލައާއި ގުޅޭގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހުޅުމާލެ ނައިބާހުޑް-1 ގައި ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެ އަންހެން މީހާ ގައިގާ ޖަހާފައިވަނީ ލަކުޑި ބުރިއަކުން ކަމަށާއި އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 19:58 ގައި ކަމަށެވެ. 

އެ އަންހެން މީހާއަށް މިހާރު ހުޅުމާލެ ހޮސްޕޮޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މައުލޫމާތު ލިބޭގޮތުގައި އެ އަންހެން މީހާގެ ގައިގާ ޖަހާފައިވަނީ ދެ ފިރިހެނުންގެ ތެރެއިން މީހެކެވެ. 

ފުލުހުން ބުނީ އެމައްސަލަ އާއި ގުޅިގެން ސުވާލުކުރުމަށް ހަތަރު މީހަކު ފުލުުހަށް ހާޒިރުކޮށްފައިވާ ކަމަށާއި އެއީ ދެ ދިވެހި ފިރިހެނުންނާއި ބަގުލަދޭޝް ފިރިހެނަކާއި އަންހެނެއް ކަަމަށެވެ. އަދި އެމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް