ads
ފޮޓޯ: އިންސްޓަގްރަާ
ކައިޒީން ދިރިއުޅުމަށް ކުރާ މަސައްކަތް މިއޮތީ!
ކައިޒީންއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު މޮޑެލް ކަމާ މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. އެއްލައްކައަށްވުރެ ގިނަ ފޮލޯވަރުން އިންސްޓަގްރާމުގައި އެެކަނި ވެސް ތިބި ކައިޒީންގެ ދިރިއުޅުމަކީ ރާއްޖޭގެ މަޝްހޫރު ގިނަ މީހުންވެސް ނޫޅޭ ފެންވަރުގެ ދިރިއުޅުމެކެވެ. އަގުބޮޑު ހޮޓާތަކާއި ރިސޯޓުތަކުން ފެށިގެން އުދުހިނުލާ ގައުމެއް ނެތެވެ. އަދި މިފަހުން ކައިޒީން ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު އަދި އުސް ޓަވަރު "ބްރުޖް ހަލީފާ"ގައި އުފަން ދުވަސްވެސް ފާހަގަކޮށްފަ އެވެ.

ކައިޒީންގެ މި އަގުބޮޑު ދިރިއުޅުން ބަލަން ކިތަންމެ "ނޫން"ކަަމަށް ހެދިޔަސް އޭނާގެ އިންސްޓާގްރާމަށް ވެސް ބޯދިއްނުކޮށްލާ މީހަކު މި ރާއްޖޭގައި ވެސް މަދެއް ނުވާނެކަން ހަމަގައިމު ކަށަވަރެވެ. ކިތަންމެ ފާޑެއް ކިޔަސް ހަމަ އިންސްޓަގްރާމް ވެސް ހާވާނުލާނީ މަދު މީހެކެވެ. 

މިފަދަ އެތައް ބަޔެއްގެ ހިތްތަކުގައިވެސް އުފެދޭ އެންމެ ބޮޑު އެހެން ނަމަވެސް މިހާތަނަށް ޖަވާބު ނުލިބި އޮތް ސުވާލަކީ "ކައިޒީން މިފަދަ އަގުބޮޑު ދިރިއުޅުމެއް މިއުޅެނީ ކޮންތާކުން ހޯދާ ލާރިއަކުންތޯ؟ ނުވަތަ އޭނާއަށް މިކަންކަން ކުރުމަށް ފައިސާ ހޯދުމަށް ކުރަނީ ކޮން މަސައްކަތެއްތޯ؟" ކުރެވޭ ސުވާލެވެ. 

ކައިޒީންގެ ޕޯސްޓްތަކަށްވެސް އެންމެ ގިނައިން އަންނަ އެއް ކޮމެންޓަކީވެސް މިއެވެ. ކައިޒީން މިއޮތީ އެ ސުވާލަށް ޖަވާބު ދީފައެވެ. އޭނާ ބުނީ އޭނާއަކީ "ފުލްޓައިމް ސޯޝިއަލް އިންފްލުއެންޒާ" އެއް ކަމަށެވެ. އޭގެ މާނައަކީ އޭނާއަށް ލިބޭ އާއްމުދަނީ ބިނާވަނީ މާކެޓިން މަސައްކަތުން ނެވެ.  

އަހަރެމެންނަށް ކައިޒީންގެ ކޮންމެ ސޯޝަލް މީޑިއާ ޕްލެޓް ފޯމަކަށް ވަދެ ބަލާލިޔަސް މިފެންނަ އެކި ތަފާތު ވައްތަރުގެ މާކެޓިން ޕޯސްޓްތަކަކީވެސް އޭނާއަށް އާއްމުދަނީ ލިބޭ އެއްޗިއްސެވެ. ގިނަ ބަޔަކު އިންސްޓަގްރާމަށް އެކި ޕޯސްތަކުގައި އެކި ގޮތްގޮތަށް ނަގާފައި ލާ ސަތޭކަ އެތައް ޕޯސްޓްތަކަށް ހަމައެކަނި ސަތޭކަ ވަރަކަށް ލައިކްސް ލިބުނުކަމުގައި ވީނަމަވެސް ކައިޒީންގެ އެ ޕޯސްޓްތަކުގެ ފަހަތުގައި އޮތް ސްޓޯރީ ތަފާތެވެ. އަދި އަގުބޮޑެވެ. 

your imageފޮޓޯ:އިންސްޓަގްރާމް

އޭނާއަށް އެ ޕޯސްޓުތަކަށް ލިބެނީ ހަމައެކަނި ލައިކްސް އަދި ޝެއާއެއް ނޫނެވެ. އެއިން ކޮންމެ ފޯސްޓަކީ އެތައް ހާސް ރުފިޔާއެވެ. ކައިޒީންއަކީ އެތައް ތަނެއްގެ ބްރޭންޑް އެބަސެޑަރ އެކެވެ. މިގޮތުން ވެސް އޭނާއަށް އެތައް ފާއިސާއެއް ލިބެއެވެ. އަދި އޭނާގެ އިންސްޓަގްރާމް ފީޑުން މިފެންނަ އެކި ޒާތުގެ ފޮޓޯތަކަކީވެސް ހަމަ ލާރިއެވެ. މާކެޓް ކުރެވޭ އެއްޗިއްސެވެ. މާކިޓިންގެ ބޭނުމަށް އޭނާލާ 30 ސިކުންތުގެ އެންމެ ވީޑިއޯ ކޮޅަކަށްވެސް އެންމެ ކުޑަކޮށް އޭނާ 25،000 ރުފިޔާ ޗާޖުކުރެއެވެ. 

" މިވަގުތު ގިނަ ތަންތަނުގެ އެންބެސެޑާކަންވެސް ކުރަމުންދާތީ އާއި އެކި ކުންފުނިތަކުގެ އެކި ކޮންޓްރެންޓްތަކަކީ އަހަރެންގެ މަހެއްގެ އާއްމުދަނީ. އޭގެ އިތުރުން އަހަރެން ސޯޝަލް މީޑިއާގައި ޖަހާ ކޮންމެ ޕޯސްޓަކީވެސް ލާރި ނަގާ އެއްޗެހި. 30 ސިކުންތުގެ ވީޑިއޯ ކޮޅަކަށް ނަމަވެސް އަހަރެން 25،000 ރުފިޔާ ޗާޖުކުރަން. ކުންފުނިތަކަށް މިކަމުން އެމީހުންގެ ޓާގެޓްކޮށްފައިވާ އޯޑިއަންސަށް ފައިދާއާ އެކު ރީޗްވުމަށް އެހީވެދޭ. އަހަރެންގެ ރީޗަކީ އެއްލައްކައަށްވުރެ ގިނަ ނަމަވެސް މާކެޓިން ބޭނުންތަކަށް އެއިން ވަރަށް ފައިދާވޭ. ސޯޝަލް މީޑިއާގެ ފީޑްތަކަށާއި ސްޓޯރީތަކުގެ އިތުރުން އަހަރެންގެ ޕޯސްޓްތައް ވެސް ބިނާވަނީ ލާރިއަށް" ކައިޒީން ބުނެފައިވެއެވެ.

މިހުރިހާ ވާހަކައެއް ކިޔައިދީ ނިންމާލަމުން ކައިޒީން ބުނެފައިވަނީ އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތާއި ބެހޭގޮތުން ސުވާލު އުފެދޭ މީހުންނަށް އެކަން ސާފުކޮށްދެވިއްޖެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެހެންކަމުން އޭނާގެ އަގުބޮޑު ދިރިއުޅުމުގެ ހަގީގަތް މިއޮތީ ހާމަވެފައެވެ. ގިނަ ބަޔެއްގެ ފާޑުކިޔުންތައް ރައްދުވާ އޭނާގެ ޕޯސްޓުތަކަކީވެސް އޭނާގެ އާއްމުދަނީ އެވެ. "ކަންދެއްކުމަށް" ނުވަތަ "މަގުބޫލުކަން ހޯދުމަށް" ސޯޝަލް މީޑިއާއަށް ދޫކޮށްލާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ ފޮޓޯތަކުގެ އަސްލަކީ މިއެވެ.

your imageފޮޓޯ: އިންސްޓަގްރާމް

އެކި މީހުން ދިރިއުޅުމަށް ކުރާނީ އެކި ކަންކަމެވެ. މިސާލަކަށް އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ސޯޝަލް މީޑިއާއަށް އެކި ގޮތްގޮތަށް ޕޯސްޓް ކުރާ ޕޯސްޓްތަކަށް އެއްވެސް ލައިކެއްވެސް އަދި ލާރިއެއްވެސް ނުލިބުނަސް ޕޯސްޓްތައް ސޯޝަލް މީޑިއާއަށް ޕޯސްޓްކޮށްލަ އެވެ. އެހެންނަމަވެސް އެހެން މީހަކު އެގޮތައް އެންމެ ފޮޓޯއެއް ލިޔަސް އެ އޮންނަނީ ކަންދެއްކުމަށް ވެ ނިމިފައެވެ. އަނެކާގެ ސްޓޯރީ ނޭނގޭ ހާލުވެސް ޖަޖުކޮށް މަލާމަތްކޮށް ފާޑުކިޔާ ހަދައެވެ. މިއީ އަހަރެމެން ދިވެހިންގެ މެދުގައި ހަމައެކަނި އޮންނަ އުސޫލެއް ނޫނެވެ. އިންސާނީ ތަބީއަތެވެ. އަނެކާއަށް ލިބޭ ކާމިޔާބީއަށް އުފާ ނުވިޔަސް ނޫނީީ ޖެލެސްވިޔަސް މަލާމަތްކޮށް ފާޑުކިޔުމުގެ އުސޫލަކީ ދޫކޮށްލަންވީ އުސޫލެކެވެ. 

21%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
48%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް