ads
ކަރާ
ރޯދަ މަސް ނިމުނަސް ކަރާ ދޫކޮށްލެވޭކަށް ނެތް!
ކަރަލަކީ ދިވެހިރާއްޖޭގައި ރޯދަ މަސް އައުމުން އެންމެން ބާރު ބޮޑުވާ އެއް މޭވާއެވެ.

ކަރަލަކީ ރޯދަ މަހު ވެސް އަދި ރޯދަ މަހުގެ ފަހުން ވެސް ކެއުމުގައި ހިމަނަށް ރަނގަޅު މޭވާއެވެ. 

ކަރަލުން ލިބޭ ފައިދާތަކުގެ ތެރެއިން އެންމެ މުހިންމު އެއް ފައިދާއަކީ ކަރަލުން ހަށިގަނޑުގައި ފެނުގެ ލެވެލް ރަނގަޅު ކޮށްދޭކަމެވެ. އަދި ރޯދަ މަސްފަދަ މަސްތަކުގައި ފެން ބޯން އުނދަގޫ ނަމަވެސް ރޯދަ ވިއްލިމުގައި ކަރަލާއި، ކަރާ ފަނި ފަދަ ތަކެތި ބޭނުންކުރެވިދާނެއެެވެ. 

ކަރަލަކީ ކެލޮރީޒް ވެސް ވަރަށް މަދު މޭވާއެކެވެ. އެގޮތުން އެންމެ ކެލޮރީޒް މަދު ބެރީ ފަދަ މޭވީ ތަކަށް ވުރެ ވެސް ކަރަލުގައި ކެލޮރީޒް މަދެވެ. މިގޮތުން ކަރާ ޖޯޑެއް (154 ގުރާމް) ކަރަލުގައި ހުންނަނީ އެނެމް 46 ކެލޮރީޒް އެވެ. 

ކަރާ ޖޯޑެއްގައި ތިރީގައި މިވާ ވިޓަމިންތައް ހިމެނޭ: 

1. ވިޓަމިން ސީ 21 ޕަސަންޓު 

2. ވިޓަމިން އޭ 18 ޕަސަންޓު 

3. ޕޮޓޭސިއަމް 5 ޕަސަންޓު 

4. މެގްނީޒިއަމް 4 ޕަސަންޓު 

5. ވިޓަމިން ބީ1، ބީ5، އަދި ބީ6 3 ޕަސަންޓު

ކެންސަރުން ސަލާމަތް ކޮށްދޭ: 

ކަރަލަށް ރަތްކަން ގެނެސްދޭ "ލައިކޯޕޭން" ކިޔާ މާއްދާއަކީ ކެންސަރު ބަލިން ރައްކާތެރިކޮށްދޭ އެއްޗެއްކަމަށް ސައިންސުވެރިން ދެކެއެވެ. 

ހިތުގެ ބަލިތަކަށް ރަނގަޅު: 

ދުނިޔޭގައި އެންމެ ގިނަބަޔަކު މަރުވާ އެއް ބައްޔަކަކީ ހިތުގެ ބަލިތަކެވެ. ނަމަވެސް އާންމުކޮށް ކެއުމުގައި ކަރާ ބޭނުންކުރުމުން ލޭގެ ޕްރެޝަރު ދަށްކޮށްދީ ކޮލެސްޓްރޯލް ލެވެލް ވެސް އެއް މިންވަރެއްގައި ހިފެހެއްޓުމަށް އެހީވެދެއެެވެ.

މިފަދަ އެތައް ސަބަބުތަކަށްޓަކައި ކަރަލަކީ ރޯދަ މަސް ނިމުނުނަސް ސުފުރާތަކުގައި ދާއިމީކޮށް ހިމެނުމަށް ރަނގަޅު މޭވާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް