ads
ފޮޓޯ----
އަލީ ހާޖީ ދަންނަންތަ؟
ކާޖޮލް އަދި އާމިރުގެ ދަރިފުޅުގެ ރޯލުން 2006 ވަނަ އަހަރު ފަނާ ވިލްމުން "ރޭހާން" ގެ ނަމުގައި މަޝްހޫރުވި އަލީ ހާޖީ މިހާރު ވަނީ ފުރިހަމަ ޒުވާނަކަށް ވެފަ އެވެ.

އަލީ ހާޖީއަށް މިހާރު ވަނީ 21 އަހަރު ފުރިފަ އެވެ. އޭނާ މިހާރު ވެސް ބޮލީވުޑްގެ އެކި މަސައްކަތްތަކުގައި ކެމެރާގެ ފަހަތުގައި އަދި ކުރިމަތީގައި ވެސް ހަރަކާތްތެރިވެ އުޅެ އެވެ.

ނަމަވެސް އޭނާ ބޮލީވުޑަށް މަޝްހޫރުވީ ހިންދީ ފިލްމުތަކުގައި ލޯބިލޯބި ކުޑަކުއްޖެއްގެ ރޯލުން ނެވެ. ފަނާގެ އިތުރުން ވެސް އަލީ ވަނީ ރާނީ އަދި ސައިފްގެ ދަރިއެއްގެ ރޯލުން ވެސް ތާރާރަމްޕަމް އިން ފެނިގެން ގޮސްފަ އެވެ.

އަލީ މިހާރު ފުރިހަމަ ޒުވާނަކަށް ވެފައިވާ އިރު އޭނާގެ ރީތި ކަމުގެ ޖާދޫގައި ގިނަ އަންހެން ކުދިން އަންނަނީ ޖެހެމުން ނެވެ.

ކުޑައިރުވެސް އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދައިފައިވާ އަލީ މިހާރު އަންނަނީ ޒުވާން އަންހެން ކުދިންގެ ހިތްތައް ކަތިލަމުން ނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް