ads
ހޯދަމުންދާ އެމްޑީ އިދްރީސް
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު ހޯދަނީ
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ބަނގުލަދޭޝް، ޕާސްޕޯޓު ނަންބަރު، C1497280، 34 އަހަރުގެ އެމްޑީ އިދްރީސް، ހާޒިރުކުރަން ބޭނުންވެ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށެއެވެ. 

ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އާއްމުކޮށް އަންގައި އިއުލާނުވެސް ކޮށްފައެވެ. 

އަދި ކުޑަކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގެ ތަހުގީގަށް ސުވާލުކުރުމަށް އެމްޑީ އިދްރީސްއަށް ވަނީ މިމަހުގެ 29ވަނަ ދުވަހުގެ ހެނދުނު 10:00އަށް ސ. ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އަަންގާފައެވެ. 

ފުލުހުން ވަނީ އެމްޑީ އިދްރީސްގެ ފޮޓޯ އަދި ވަނަވަރުވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް