ads
ބެންގަލޯރ ކެޕްޓަން ވިރާތް ކޯލީ
ހަތަރު މެޗުންވެސް މޮޅުވެ ރޯޔަލް ޗެލެންޖަރސް އެއްވަނައިގަ
އިންޑިއަން ޕްރިމިއަރ ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، ޓޭބަލްގެ އެއްވަނައަށް ރޯޔަލް ޗެލެންޖަރސް ބެންގަލޯރ އަރައިފިއެވެ. ބެންގަލޯރވަނީ ބުރާސްފަތި ދުވަހުގެ ރޭ ރާޖަސްތާނު ރޯޔަލްސް އަތުން މޮޅުވެފައެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ މެޗުގެ ޓޮސް ދިމާވީ ރޯޔަލް ޗެލެންޖަރސްއަށެވެ. ޓޮސް ދިމާވުމުން ކެޕްޓަން ވިރާތް ކޯލީ ގަސްދުކުރީ ފުރަތަމަ ބޯލިން ނަގާށެވެ. ރާޖަސްތާނު ކުޅެން އަރައި، ނުވަ ވިކެޓަށް ހެދުނީ ސަތޭކަ ހަތްދިހަ ހަތް ލަނޑެވެ. ޖަވާބުގައި ކުޅެން ނުކުތް ބެންގަލޯރ ޓީމުން ފުރަތަމަ އެރި ދެ ކުޅުންތެރިން ވެގެން ރާޖަސްތާނުގެ ސްކޯރ އަތުލައި މެޗު ކާމިޔާބު ކުރީއެވެ. ބެންގަލޯރއިން ސަތޭކަ އަށްޑިހަ ލަނޑު ހަމަ ކުރިއިރު ކެޕްޓަން ވިރާތް ކޯލީވަނީ ހަތްދިހަ ދެ ލަނޑު ހަދާފައެވެ.

ރާޖަސްތާނު އަތުން މޮޅުވެ، އެންމެ ފަހުގެ ރަނަރަޕް އޮތީ ޓޭބަލްގެ އެއްވަނައިގައެވެ. އެއީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެގެންނެވެ. ދެވަނައިގަ އެމްއެސްދޯނީގެ ޗެންނާއީ ސުޕަރ ކިންގްސް އޮތް އިރު، ތިންވަނައިގަ އޮތީ ދެއްލީ ކެޕިޓަލްސްއެވެ. އަދި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން މުމްބާއީ އިންޑިއަންސް އޮތީ ޓޭބަލްގެ ހަތަރުވަނައިގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް