ads
ފޮޓޯ:ނިދާއު
ހުތުބާ: އިންސާނާގެ ބޮލުގައިވާ ތާޖަކީ ސިއްހަތު، ބަލި މީހަކަށް ނޫނީ އެތާޖެއް ނުފެންނާނެ
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވަނީ ކާބޯތަކެތީގެ ނިއުމަތަށް ޝުކުރުކުރުމާއި، އިސްރާފުނުކުރުމުގެ މައްޗަށެެވެ. އިންސާނުންނާ މިއަދު ކުރިމަތިވެފައިވާ އިޖްތިމާއީ ބަލިތަކުގެ ތެރޭގައި، ފާސިޤުކަމާއި، އިސްރާފު ކުރުން ހިމެނޭ ކަމަށާއި ބައެއްގެ މައްޗަށް ތަނަވަސްކަން އަތުވެއްޖެ ނަމަ، މިކަންކަމުގެ ދޮރުތައް ހުޅުވިގެން ދާނެކަމަށް މި ހުތުބާގައި ވަނީ ބުނެފައެވެ.
އިސްރާފު ކުރުމަކީ، ކޮންމެ ކަމެއްގައި ވެސް ހައްދު ފަހަނަޅައި ދިޔުމެވެ. އެއީ ހަމައެކަނި ކެއުން ބުއިމާ ގުޅިފައިވާ ކަމެއް ނޫނެވެ. އުރެދުންތަކަށް އަރައިގަތުން ގިނަކޮށް، ކުފުރުވުމާ ހަމައަށް ހިނގައްޖެ ނަމަ އެއީ ވެސް އެކަމުގައި އިސްރާފު ކުރުމެކެވެ. 


މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ. "އަދި ހަމަކަށަވަރުން، ފިރްޢައުނަކީ، ބިމުގައި ވަރަށް ބޮޑުވެގެން އުޅުނު މީހެކެވެ. އަދި ހަމަކަށަވަރުން، އޭނާ ވަނީަ އަނިޔާވެރިކަމާއި ފަސާދަވެރިކަމުގައި ހައްދު ފަހަނަޅައިފައިވާ މީހުންގެ ތެރެއިންނެވެ."


އިސްރާފުކުރުމުގެ ނުބައިކަން ފާހަގަކުރަމުން މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ، ހެޔޮ ގޮތުގައި ކާބޯތަކެތީގެ ބޭނުން ނުހިފައި، އޭގެ ހައްގު އަދާނުކޮށް ގުދަންކޮށްފައި ބެހެއްޓުމަކީ ވެސް އިސްރާފު ކުރުންކަމަށެެވެ. އެގޮތުން ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ ކާއެއްޗެހި އުކާނުލައި، އެތަކެތި ބޭނުންކުރުމަށް އިސްލާމް ދީން ބާރު އަޅާ ކަމަށާއި ކާބޯތަކެއްޗަކީ، ﷲ ގެ ނިއުމަތެއްކަން ފާހަގަކޮށްފައިވެއެވެ.


" އެ ތަކެތި އުކާލުމަކީ، ނިއުމަތުގެ ވެރި ފަރާތަށް ޝުކުރު ނުކުރުމެވެ. މުދާ ހަލާކުވަންދެއް ބަހައްޓައި، އެ ތަކެތި އުކާލުމަކީ، އިސްރާފު ކުރުމަށް ވުރެ ވެސް ނުބައި ކަމެކެވެ. ލޮބުވެތި ރަސޫލާ ކީ ނަމޫނާއަކަށް ބަލަމާ ހިނގާށެވެ! އެއްދުވަހަކު މަގުމައްޗަށް ވެއްޓިފައި އޮތް ކަދުރެއް ފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. މިއީ ފަހަރެއްގައި
ޞަދަޤާތެއް ކަމުގައި ވެދާނެތެވެ. ނޫންނަމަ ތިމަން ކަލޭގެފާނު ކަދުރު ފަރިއްކުޅުއްވީމުހެވެ."


އިސްރާފު ކުރުމަކީ ޝައިޠާނާގެ ޢަމަލެކެވެ. އެއީ އެކަމުގެ ގެއްލުން ސިއްހީ ގޮތުންނާއި، މާލީ ގޮތުން ފަރުދުންނާއި މުޖްތަމައަށް ފޯރާނެ ކަމެކެވެ. ހުތުބާގައި ބުނީ ރަސޫލާގެ އިރުޝާދަށް ތަބައަވެ، އިސްރާފު ނުވާ ގޮތަށް، ކެއުމާއި، ބުއިމުގެ ކަންތައްތައް ހަމަޖައްސައިލެވިދާނެ  ކަމަަށެވެ. 

އޭގެ އިތުރުން އިސްރާފު ކުރުމާއި، ބޭކާރު ކަންކަމުގައި ހޭދަކުރުމަކީ އިސްލާމް ދީނުގައި ހިމެނޭ ކަންކަމެއް ނޫންކަން ފާހަގަކުރަމުން ހުތުބާގައި ބުނެފައިވަނީ، މުސްލިމުންގެ ގޮތަކީ ހައްގު ގޮތުގައި މުދާ އެއްކޮށް، ބޭނުންތެރި ކަންކަމަށް ހޭދަކުރުން ކަމަށާއި މުސްލިމުންނަކީ ދިމާވާ ދަތިހާލަތްތަކުގައި ވެސް އެހެން މީހުންގެ މަސްލަހަތަށް ބެލުމެއް ނެތި، ކާބޯތަކެއްޗާއި މުދާގަނެ، ގުދަންކުރާ ބައެއް ނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. 

މިއަދު އިސްރާފު ކުރަނީ، ހަމަ އެކަނި މުއްސަނދިން ނޫން ކަމަށާއި ޒަމާނާ އެކު ތަނަވަސް މީހުންނާ ފައިހަމަކުރުމުގެ ބަހަނާގައި އަތްމަތި ދަތި މީހުން ވެސް، ކޮންމެހެން ކުރަންނުޖެހޭ ހަރަދުތައް ކުރުމަށްޓަކައި ދަރަނި ނަގަމުންދާތަން ފެންނަކަން ހުތުބާގައިވަނީ ފާހަގަކޮށްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް