ads
ޕަންޖާބުގެ ކްރިސް ގޭލް
ޕަންޖާބުން ޗެމްޕިއަން މުމްބާއީ ބަލިކޮށްފި
އިންޑިއަން ޕްރިމިއަރ ލީގުގައި ހުކުރު ދުވަހުގެ ރޭ، ޕަންޖާބު ކިންގްސްއިން ޗެމްޕިއަން މުމްބާއީ އިންޑިއަންސް ފަސޭހަކަމާ އެކު ބަލިކޮށްފިއެވެ.

އިންޑިއަން ޕްރިމިއަރ ލީގުގައި ހުކުރު ދުވަހުގެ ރޭ، އެންމެ ފަހުގެ ދެ ސީޒަންގެ އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެ ޓީމުން ފުރަތަމަ ވިހި އޯވަރަށް ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ ސަތޭކަ އެއް ތިރީސް ލަނޑެވެ.

ޖަވާބުގައި ކުޅެން ނުކުތް ޕަންޖާބުން އެންމެ ކުޅުންތެރިއަކު ނުބައިވެގެން ޗޭސްކޮށް މުމްބާއީގެ ލަނޑު އަތުލައި މެޗު ކާމިޔާބުކުރީ ފަސޭހަކަމާ އެކުގައެވެ. ޕަންޖާބުން ތަފާތު ދެއްކީ ކޭއެލް ރާހުލްއާ ކްރިސް ގޭލްއެވެ. ރާހުލް ފަސްދޮޅަށް ލަނޑު ހެދި އިރު، ކްރިސް ގޭލްވަނީ ސާޅިސް ތިން ލަނޑު ހަދާފައެވެ. މުމްބާއީ އަތުން ނުވަ ވިކެޓުން މެޗު ކާމިޔާބުކުރި ޕަންޖާބު އޮތީ ޓޭބަލްގެ ފަސްވަނައިގަ އެވެ. ޕަންޖާބު އަތުން ބަލިވިނަމަވެސް މުމްބާއީ އޮތީ ހަތަރުވަނައިގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް