ads
ރަވީ——
ރަވީގެ އުފަން ދުވަހުގެ ސެލެބްރޭޝަން ވަރަށް ތަފާތު!
މިއަދަކީ މަޝްހޫރު ފިލްމީތަރި ރަވީ ފާރޫގްގެ އުފަން ދުވަހެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން މަޝްހޫރު ފިލްމީ ތަރި އަދި ރަވީގެ އަންހެނުން ރިޝްމީ ވަނީ ރަވީއަށް ސަޕްރައިސް ޕާޓީއެއްވެސް ބާއްވާފައެވެ. މުއާގެ އެހީތެރިކަމާ އެކު ޕާޓީގެ ޑެކަރޭޝަން ތައްޔާރުކޮށްލާފައިވާއިރު ފެންނަނީ ވަރަށް ވެސް ތަފާތު ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ ނަލަ ޑެކަރޭޝަން އެކެވެ. 

ކޭކުވެސް ފިރިހެނުންގެ ސޫޓެއްގެ ގޮތަށް ޑެކޮރޭޓްކޮށްފައިވާއިރު މުޅި ކޮންސެޕްޓް އޮތީ ހުދާއި ކަޅުގެ "ބޮސް" ތީމަކަށެވެ. 

your imageއުފަންދުވަހުގެ ސެލެބްރޭޝަންގެ ތެރެއިން

ދުވަހުގެ ތަހުނިޔާ އެތައް ފޭނުންގެ ފަރާތުން ކިޔަމުންދާއިރު ރިޝްމީވެސް ވަނީ ދުވަހުގެ ތަހުނިޔާ ކިޔާފައެވެ. އަދި އީތަން އާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އައްޒަވެސް ވަނީ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ.

އުފަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު ރަވީއަށް އެ ފުރުނީ 39 އަހަރެވެ. 

29%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް