ads
އާފަލު
ޑޮކްޓަރުން ދުރުގައި ބައިތިއްބަން ކާންވީ އާފަލު!
އިނގިރޭސި ހަރުބަހެއްގައި ބުނާގޮތައް "ދުވާލަކު އާފަލެއް ކާނަމަ ޑޮކްޓަރުންނާއި ދުރުގައިއުޅެވޭނެ" އެވެ.

އާފަލަކީ ދިވެހިރާޢްޖެއަށް އެތެރެކުރާ މޭވާގެ ބާވަތްތަކުގެ ތެރެއިން އެންމެ އާންމު އެއް ބާވަތަކީ އާފަލެވެ. 

އާފަލީ އޭގައި އެތައް ބައިބަރު ސިއްހީ ފައިދާއެއް އެކުލެވިގެންވާ ބާވަތެވެ. ރޯދަ މަހު ވެސް އާފަލު ގިިނައިން ބޭނުންކުރުމަކީ ފައިދާ ނުހަނު ބޮޑަށް ކުރާނެކަމެކެވެ. 

މިގޮތުން 182 ގުރާމު އާފަލެއްގެ ފައިދާތައް ތިރީގައި މިވަނީ އެވެ. 

ކާބޯ ހައިޑްރޭޓް: 25 ގްރާމް 

ފައިބާ: 4 ގްރާމް 

ވިޓަމިން ސީ: 14 ޕަސަންޓު 

ޕޮޓޭސިއަމް: 6 ޕަސަންޓު 

ވިޓަމިން ކޭ: 5 ޕަސަންޓު 

މެގްނީޒިއަމް އަދި ކޮޕާ: 2-4 ޕަސަންޓު 

ވިޓަމިން: ވިޓަމިން އޭ، ބީ1، ބީ2، ބީ6 

މީގެ އިތުރުންވެސް ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށްވެސް އާފަލަކީ ރަނގަޅު މޭވާއެކެވެ. 182 ގްރާމް އާފަލެއްގައި ހިމެނެނީ އެންމެ 95 ކެލޮރީޒް އެވެ. 

މީގެއިތރުން އާފަލުގައި ހިމެނޭ 'ފްލެވޮނޮއިޑްސް' ކިޔާ މާއްދާއެއްގެ ސަބަބުން ސްޓްރޯކް ޖެހުން ފަދަ ކަންކަމަށް އޮންނަ ރިސްކު 20 ޕަސަންޓު ކުޑަކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ. މިއީ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ މާއްދާއެކެވެ. 

ޖޯޑެއްގެ ފަސްބައިކުޅަ އެއްބަޔަށް ކޮންމެ ދުވަހަކު އާފަލު ކާނަމަ ހިތުގެ ބަލިތަކަށް ޖެހުމަށް އޮންނަ ފުރުސަތު 9 ޕަސަންޓު ކުޑަކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ. 

ދުވާލަކު އާފަލެއް ކާނަމަ ހަކުރު ބަލީގެ ޓައިބް ބީ އަށް ދިއުން 28 ޕަސަންޓު ކުޑަކޮށްދެއެވެ. 

އާފަލަކީ ހަޖަމްކުރުމަށް ވެސް އެހީވެދޭ މޭވާއެކެވެ. އެގައި ހިމެނޭ ފައިބަރުގެ އިތުރުން ބަނޑަށް ބޭނުންވާ ރަނގަޅު ބެކްޓީރިއާ ވެސް އާފަލުން އުފައްދައިދެއެވެ. 

އާފަލަކީ އެންޓިއޮކްސިޑެންޓްސް ގިނަ މޭވާއެއް ކަމުން އެއީ ނޭވައަށް އުނދަގޫވުން ފަދަ ބަލިތަކުން ވެސް ކޮންމެވެސް މިންވަރަކަށް ސަމަތްކޮށްދޭ މޭވާއެކެވެ. 

ކަށި ހަރުކޮށް ވަރުގަދަކުރުމަށް ވެސް އާފަލުން އެހީވެދެއެވެ. 

މީގެ އިތުރުން އާފަލަކީ ހަނދާވެސް ވަރުގަދަ ކޮށްދޭ މޭވާއެވެ. 

މިހެންކަމުން ކޮންމެ ދުވަހަކު އާފަލެއް ކެއުމަކީ ކޮންމެހެން ކުރުން މުހިންމުކަމެކެވެ. އަދި ގިނަ ފައިދާތަކެއް އާފަލުން ކުރާއިރު ގިނަ ބަލިތަކުން ސަލާމަތްވުމަށް ވެސް އާފަލު އެހީވެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް