ads
ސައުދީ އިން ވަނީ އިންޑިއާ އަށް 80 މެޓްރިކް ޓަނުގެ އޮކްސިޖެން ފޮނުވަން ނިންމާފައި-
ސައުދީ އިން 80 މެޓްރިކް ޓަންގެ އޮކްސިޖެން އިންޑިއާ އަށް ފޮނުވައިފި
ސައުދީ އިން އިންޑިއާ އަށް 80 މެޓްރިކް ޓަންގެ އޮކްސިޖެން ފޮނުވައިފިއެވެ.

އިންޑިއާގައި ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުން އަންނަ އިރު އެގައުމުގެ ބައެއް ހޮސްޕިޓަލްތަކުން އޮކްސިޖަން ނުލިބިގެން އެތައް ބަޔަކު ވަނީ މަރުވެފައެވެ. މިހާލަތުގައި ސައުދީ ސަރުކާރުގެ ފަރާތުން ވަނީ އިންޑިއާ އަށް 80 މެޓްރިކް ޓަނުގެ ލިކުއިޑް އޮކްސިޖެން ފޮނުވަން ނިންމާފައެވެ.

ސައުދީގައި ހުންނަ އިންޑިއާ އެމްބަސީ އިން ބުނީ އިންޑިއާ ކުންފުންޏެއް ކަމުގައިވާ އަދާނި ގްރޫޕް އަދި އެމް އެސް ލިންޑޭ ގްރޫޕާ އާ ގުޅިގެން އޮކްސިޖެން ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމްބަސީ އިން ވަނީ އެހީ ފޯރުކޮށްދެއްވި ކަމައްޓަކައި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތަށް ޝުކުރު އަދާކޮށްފައެވެ.

ބަލިމީހުންނަށް ފަރުވާދޭން ބޭނުންވާ ކޮންޓެއިނާ އަދި އޮކްސިޖެން ސިލިންޑަރު އެގައުމުގައި ނެތުމުން އިންޑިއާ އިން ވަނީ އެކި ގައުމުތަކުގައި އެހީއަށް އެދިފައެވެ.

ފާއިތުވި ތިން ދުވަސްތެރޭ އެކަނިވެސް އެއް މިލިއަން މީހުން ވަނީ އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. 

އާދީއްތަ ދުވަހު އެކަނިވެސް އެގައުމުން ވަނީ 349،691 މީހުން ކޮވިޑް-19 އަށް ޕޮޮޒިޓިވްވެފައެވެ. އެއީ ދުނިޔޭގަވެސް މިހާތަނަށް އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވިކަން ރިކޯޑް ކުރެވުނު ގައުމުވެ. އާދީއްތަ ދުވަހު 2،767 މީހުން ވަނީ ބަަލީގައި މަރުވެފައެވެ.

ބައެއް މީހުން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް އޮކްސިޖެން ނެތުމުން ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން މަރުވާން ދޫކޮށްލަން ޖެހޭ ހިސާބަށް އެގައުމުގެ ސިއްހީ ނިޒާމް ވަނީ ބަލިކަށިވެފައެވެ.

އެގައުމުގެ ސަރުކާރުން އަންނަނީ ސިއްހީ ނިޒާމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތައްޔާރު ކުރެވެންދެން ބައެއް ސަރަހައްދުތަކުގައި ލޮކްޑައުން އިއުލާން ކުރަމުންނެވެ.

33%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް