ads
ކުޅި ރިހަ——ފޮޓޯ:ޓޭސްޓް އޮފް މޯލްޑިވްސް
ސީއެންއެމް ބަދިގެ: ކުޅި ރިހަ
މިއަދު ސީއެންއެމް ބަދިގޭގަައި މި ކިޔާލަދެނީ ކުޅި ރިހަ ކައްކާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 500 ގްރާމް ކަނޑުމަސް
  • 1 ފިޔާ
  • 2 ލޮނުމެދު
  • 10 ހިކަނދިފަތް
  • 6 އިންޗީގެ ރާނބާފަތްކޮޅެއް
  • 4 ކާފޫރުތޮޅި
  • 3 އިންޗީގެ ފޮނިތޮށިކޮޅެއް
  • 2 ސައިސަމުސާ މުގުރި ދިރި
  • ½ ސައިސަމުސާ އަސޭމިރުސް
  • 3 ސައިސަމުސާ ތެޅި މިރުސް
  • 2 ޖޯޑު ފެންކިރު
  • ¼ ސައިސަމުސާ ރީނދޫ
  • ¼ ޖޯޑު ބޯކިރު
  • 3 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
  • ½ ގިތެޔޮ މިރުސް
  • 1 ސައިސަމުސާ ލޮނު
  • 2 މޭޒުމަތީ ސަމުސާ ތެޔޮ

 

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ މަސްކޮޅު ގޮޅިގޮޅިއަށް ކުދިކޮށް ކޮށާށެވެ. ދެން ބޯތަށްޓަކަށް މަސްކޮޅާއި ލޮނާއި، އަސޭމިރުހާއި، ޓޮމާޓޯ ޕޭސްޓާއި ތެޅިމިރުސްކޮޅު އަޅާލާ ރަނގަޅަށް އެއްކޮށްލުމަށްފަހު މަތިޖަހާފައި ބަހައްޓާށެވެ. 15 ވަރަކަށް މިނެޓު ބަހައްޓާލަން ވާނެއެވެ.

ދެން ތެއްޔަކަށް ތެޔޮކޮޅެއް އަޅުމަށްފަހު ރަނގަޅަށް އެހޫނު ކޮށްފައި އޭގެ ތެރެއަށް ފިޔައާއި ހިކަނދިފަތާއި ރާނބާފަތާއި ކާފޫރުތޮޅިކޮޅާއި ފޮނިތޮށިކޮޅު އަޅާލާށެވެ. ފިޔާކޮޅު މަޑުވެލާ އެއަށް މުށިކުލަ އަރަންދެން ކައްކާލުމަށްފަހު ލޮނުމެދު ކޮޅު އަޅާލައި ރަނގަޅަށް ލޮނުމެދުކޮޅު މަޑުވެލަންދެން ކައްކާލާށެވެ. 

އެޔަށްފަހު ދިރިކޮޅާއި ރީނދޫކޮޅު ތެއްޔަށް އަޅައި އެއްކޮށްލާފައި ދިރީގެ ވަސްދުވަން ފަށަންދެން ކައްކާލާށެވެ. ދެން ތެއްޔަށް މަސްކޮޅާއި، ގިތެޔޮ މިރުހާއި ފެންކިރުކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާނީއެވެ. 

އެޔަށްފަހު މަތިޖަހާފައި މަޑު ގިނީގައި ބަހައްޓައިގެން މަސްކޮޅު ރޯފިލަންދެން ކައްކާލާށެވެ. އެންމެފަހުން ބޯކިރުކޮޅު އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު އުނދުން މަތިން ބޭލުމުގެ ކުރިން ރަހަބަލާ ލޮނުހެޔޮވަރުކޮށްލާށެެވެ.

އޭރުން ކުޅިރިހަ ތައްޔާރުވީއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް