ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މައުމޫނުގެ މައްސަލަވެސް ނުބެލުނު، އެމްއެމްޕީއާރުސީ މައްސަލަ ބެލޭނެބާ: ޖެނިފާ
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އެބޭފުޅާގެ ދިގު ޒައާމަތުގައި ރައްޔިތުންނަށް ކޮށްފައިވާ އަނިޔާތައް ވެސް ނުބެލުނު ކަމަށާ، އެހެން ކަމުން އެމްއެމްޕީއާރުސީގެ މައްސަލަ ރައީސް ނަޝީދަށް ބެލޭނެ ކަމާމެދު އެމްޑީޕީގެ ކުރީގެ އެކްޓިވިޓިސްޓު ޖެނިފާ ލަތީީފު ސުވާލު އުފައްދައިފިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނެ ކަމަށް އިއްޔެގެ މަޖިލީހުގައި ރައީސް ނަޝީދު ބުނެފައިވާ ވީޑިއޯއެއް ޝެއާ ކުރަމުން ޖެނިފާ ބުނެފައިވަނީ މައުމޫނުގެ އަނިޔާތައް ބަލާނެ ކަމުގެ ޔަގީންކަންވެސް މިހެން ދިން ކަމަށާ، ނަމަވެސް ވީ ހިތްތިރި ކަމަށެވެ. 

އަދި އިންސާފުގެ މާނަ ފުށުން ޖެހުނު ކަމަށާ، އިންސާފަކީ ބަދަލުހިފުން ކަމަށް ކުލަ ޖައްސާފައި ހިތްތިރިކުރަން ބުނި ބުނުމުގެ އަޑު އިންތިހާއަށް ގަދަކުރި ކަމަށްވެސް ޖެނިފާ ވަނީ އެޓުވީޓުގައި ބުނެފައެވެ.

ޖެނިފާއަކީ އެމްޑީޕީގެ ކުރީގެ އެންމެ ވަރުގަދަ އެއްއެކްޓިވިޓިސްޓެވެ. އެގޮތުން މައުމޫނުގެ ވެރިކަމުގައި 2003 ވަނަ އަހަރު ޖަލުގައި ތިބި މީހުންތަކަކަށް އަނިޔާކޮށް މަރާލި މައްސަލައެއްގައި މުޒާހަރާ ކުރުމަށް މަގުމައްޗަށް ނިކުމެ އުޅުމުގެ ތެރޭގައި އޭނާއަށް ވަނި 10 އަހަރުގެ ޖަލު ހުކުމެއްވެސް ކޮށްފައެވެ. 

އޭނާ އަކީ އެމްޑީޕީ އުފެއްދުމުގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތް ކަމުގައިވާ މުހައްމަދު ލަތީފު (ގޯގޯ ލަތީފުގެ) ދަރިއެކެވެ. 

އިއްޔެ މަޖިލީހުގައި އެމްއެމްޕީއާރުސީ މައްސަލަ ބޮޑުވެ، އެމައްސަލަ ބައްލަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ރައީސްކަމުގައި ހުންނެވިހާ ހިނދެއްގައި އެމައްސަލަ ބައްލަވާނެ ކަމަށާ، އޭގެ ސަބަބުން ބައެއް މެމްބަރުންގެ ގޮނޑިވެސް ގެއްލިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި މީހުންނަށް ކޮށްފައިވާ އަނިޔާތައްވެސް ބައްލަވާނެ ކަމަށް ނަޝިދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނު ރައީސްކަމަށް ވަޑައިގެންނެވި ހިސާބުން އެ މައްސަލަ ބައްލަވަން މަސައްކަތް ކުރިތަނެއް ނުފެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް