ads
އޭއެފްސީ ކަޕުގައި މާޒިޔާއާ ބެންގަލޫރު ކުރިން ކުޅުނު މެޗެއްގެ ތެރެއިން
އޭއެފްސީ ކަޕުގައި ކޮންމެ ޓީމަކަށް ވަކި ޕްރެކްޓިސް ދަނޑެއް
އަންނަ މަހު މާލޭގައި އޮންނަ އޭއެފްސީ ކަޕުގައި ވާދަކުރާ ކޮންމެ ޓީމަކަށް ޕްރެކްޓިސް ކުރުމަށް ވަކި ދަނޑެއް ހަމަ ޖައްސަން މަސައްކަތް ކުރަން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި ކުޅޭ ކޮންމެ ޓީމަކަށް ވަކި ދަނޑެއް ހާއްސަކުރާނެއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ އަންނަ މަހު ސާދައިން ފެށިގެން މާލޭގައެވެ. ކުރީ އަހަރުތަކާ ހިލާފަށް މި އަހަރު އޮންނާނީ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭ އެއް މެޗެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް މެޗު ކުޅުމަށް ފަހު ގްރޫޕުން އެއްވަނަ އަށް އަންނަ ޓީމެއް ޒޯނަލް ސެމީ ފައިނަލަށް ކޮލިފައިވާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރެކްޓިސް ދަނޑުތަކުގެ ގޮތުގައި އެފްއޭއެމުން މިހާރު ބަލަމުން އަންނީ ހެންވޭރު ދަނޑާ، މާފަންނު ޓާރފު ދެ ދަނޑުގެ އިތުރުން ހުޅުމާލޭ ސިންތެޓިކް ޓްރެކް ދަނޑެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެ ޓީމަކަށް ދަނޑެއް ޚާއްސަކުރާނެއެވެ. އަދި މެޗު ކުޅޭ މުއްދަތުގެ ތެރޭގައި ހުރިހާ ޓީމެއްވެސް ތިބޭނީ އެ ޓީމަކަށް ޚާއްސަކޮށްފައިވާ ހޮޓަލެއްގައި ކަރަންޓީނުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

ގްރޫޕް ޑީގައި ހިމެނެނީ އިންޑިޔާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާންއާ، ރާއްޖޭން މާޒިޔާ އަދި ބަންގްލަދޭޝްއިން ބަޝަންދުރާ ކިންގްސްއެވެ. ދެން މި ގްރޫޕަށް ކޮލިފައިވާނީ ރާއްޖޭގެ އީގަލްސްއާ، ބަންގަލްދޭޝްގެ ޑާކާ އަބަހާނީ ކުޅެގެން މޮޅުވާ ޓީމެއް، ބެންގަލޫރާ ދެކޮޅަށް ކުޅެގެން މޮޅުވާ ޓީމެކެވެ. މި ހަތަރު ޓީމުގެ މެޗުގައި ސިންގަލް ރައުންޑް ރޮބިން ބުރެއް ކުޅޭނީ މާލޭގައި މެއި ސާދައިން ފެށިގެން މެއި ވިއްސާ ދެމެދު، ކޮންމެ ތިން ދުވަހަކުން މެޗު ކުޅޭ ގޮތަށެވެ. ދެ ދުވަހުގެ ބްރޭކަކަށް ފަހު ކޮންމެ ދުވަހަކުވެސް ހަވީރު މެޗެއް އަދި ރޭގަނޑު މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި އެއް ކޮޅުން ނުކުންނާނީ މޯހަން ބަގާންއެވެ. އަނެއްކޮޅުން ކުޅޭނެ ޓީމެއް އަދި ކޮލިފައި ނުވެއެވެ. ދެވަނަ މެޗަކީ މާޒިޔާއާ ބަޝަންދުރާ ކިންގްސްގެ މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް