ads
އަޙްމަދު އާދިލް: ފޮޓޯ: ޕޮލިސް-----
ވައްކަމުގެ މައްސަލައެއްގައި ސިމްބޮލިކްގެ ލަވަކިޔުންތެރިޔާ އެޑިލް ހޯދަނީ
ވައްކަމުގެ މައްސަލައަކާ ގުޅިގެން ސިމްބޮލިސް ރިކޯޑުގެ ލަވަކިޔުންތެރިޔާ ފުވައްމުލައް/ދިގުވާނޑު، ގެރަދޫގެ، އަޙހްމަދު އާދިލް (އެޑިލް) ފުލުހުން ހޯދަންފަށައިފިއެވެ.

ފުލުހުން ބުނީ 26 އަހަރުގެ އެޑިލް ހޯދަމުން ދަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެހެންކަމުން އެޑިލް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ސިމްބޮލިކްގެ މެނޭޖިން ޑިރެކްޓާ ވިދާޅުވީ އެޑިލްއަކީ އަދިވެސް ސިމްބޮލިކްގެ މެންބަރެއް ކަމަށާއި ނަަމަވެސް އެއީ އޭނާގެ ޒާތީ މައްސަލައެއް ކަމަށެވެ. އަދި މިހާރު އެކީ މަސައްކަތް ނުކުރާތާ ފުދޭވަރަކަށް ގިނަދުވަސް ވެފައިވާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އެޑިލްގެ އިތުރުން ސިމްބޮލިކް ރިކޯޑުގެ މަޝްހޫރު ރެޕާރ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ މައްޗަށްވެސް ވަނީ މަސްތުވާތަކެއްޗާ ގުޅޭ ގިނަ ދައުވާތަކެއް ކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް