ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--
ކޮވިޑަށް އެއްތަނުން އަނެއްތަނަށް ދެވޭނީ އަޅުގަނޑުމެން ގެންދިއުމުން: މައުސޫމް
ކޮވިޑް ބައްޔަށް އެއްތަނުން އަނެއްތަނަށް ދެވޭނީ އަޅުގަނޑުމެން ގެންދިއުމުން ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމާއެކު، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުންތައް ހިއްސާ ކުރަމުން އަންނަ މި ދަނޑިވަޅުގައި މައުސޫމް އެހެން ވިދާޅުވީ، ރޭގައި ކުރެއްވި ޓުވީޓެއްގައެވެ. 

އެގޮތުން ކޮވިޑު ބައްޔަށް އެއްތަނުން އަނެއްތަނަށް ދެވެނީ އަހަރެމެން އެ ބަލި ގެންދިއުމުން ކަމަށާއި، ބަލި ފެތުރެވީ އެކަކުގެ ގައިން އަނެއްކަކުގެ ގަޔަށް މި ބައްޔަށް "ޖަމްޕު" ޖަހަން ފުރުސަތު ދޭތީ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވަނީ ފަރުދީ ޒިންމާ އަދާކުރުމަށް އެދިފައެވެ. އަދި އެކުގައި މަސައްކަތްކޮށްގެން މިކަމުން އަރައިގަނެވޭނެ ކަމަށް ވިދާޅުވެއްފައެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވި އިރު، އިއްޔެ ރާއްޖޭގައި ރިކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވެއެވެ. އެގޮތުން 464 މީހަކު އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މީގެ ތެރެއިން 207 މީހުންނަކީ މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންނެވެ. މީގެ އިތުރުން އިއްޔެ މި ބަލީގައި ދެމީހަކު މަރުވެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް