ads
ހަސަން ލަތީފް:-
މަޖާކުރާ މަރުކަޒުތައް ހަދަން ގޮވާލައި ހުށަހެޅި ގަރާރު ފާސްކޮށްފި
މާލޭގައި ޒުވާނުން މަޖާކުރުމަށް މަރުކަޒުތައް ހަދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ފާސްކޮށްފިއެވެ.

މި ގަރާރު ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ. 

ގަރާރުގައި ވަނީ މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކު އަޑުއަހާލައި އެކުވެރިންނާ ބައްދަލުކޮށްލާ ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށް، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން މި ގަރާރު ފާސްކޮށްފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. އެ ގަރާރު ފާސްކުރަން ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ. އަދި ވަކި ގޮތަކަށް ވޯޓް ނުދެއްވާ މެންބަރަކުވެސް ނެތެވެ.

މި ގަރާރަށް ގިނަ އާންމުންނާއި އިދިކޮޅުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް