ads
ޖަލުން ސާމްޕަލް ނަގަނީ--
ޖަލުގައި ތިބި ހައިރިސްކު މީހުން ގޭ ބަންދަށް ބަދަލު ކުރަނީ
ޖަލުތަކުގައި ތިބި ހައިރިސްކު މީހުން ގޭ ބަންދަށް ބަދަލު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމައިފި އެވެ.

ކަރެކްޝަންގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޖަލުތަކުގައި ތިބި ހައި ރިސްކު މީހުން ގޭ ބަންދަށް ބަދަލު ކުރަން ނިންމީ ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

ކަރެކްޝަނުން ބުނެފައި ވަނީ އައްސޭރި ޖަލާއި މާފުށީ ޖަލުންވެސް ގައިދީން ޕޮޒިޓިވްފަައިވާ ކަމަށެވެ. އަދި ބައެއް އޮފިސަރުންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޖަލުގައި ކޮވިޑް ފެތުރެމުން ދާތީ ރައީސް ޔާމީން ވެސް ވަނީ މިއަދު ގެއަށް ބަދަލުކޮށްފަ އެވެ.

ރާއްޖެއިން މިއަދު ވަނީ 318 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރުގައި އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 4000 މަތީގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް