ads
ބީއެމްއެލްގެ ސީއީއޯ ޓިމޮތީ ސޯޔާ -- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ހިންގުމުގެ ފައިދާ 1.2 ބިލިއަން ރުފިޔާއަށް އަރައިފި
މިއަހަރުގެ މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަ ކޮށްފިއެވެ.
މިއަހަރުގެ މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ބޭންކުގެ ސީއީއޯ ޓިމޮތީ ސޯޔާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާ 1.2 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށާއި މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ފަސް އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 414 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ފަސް އިންސައްތަ އިތުރު އަދަދެއް ކަމުގައިވެސް ވިދާޅުވި އެވެ.

ެބީއެމްއެލްގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 307 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލް ވަނީ ކެލާ، ބާރަށް، އަލިފުށި، ތުޅާދޫ، އަދި މާވަށުގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރުތައް ހުޅުވާފައެވެ.

މީގެ އިތުރުން ހުޅުމާލޭގައި ޔޫއެސް ޑޮލަރު އޭޓީއެމް އެއްވެސް ބަހައްޓާފައިވާއިރު ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް ޒަމާނީ ފެންވަރުގެ އޮފީހެއްވެސް ބޭންކުން ވަނީ ތިންވަނަ ކުއާޓަރުގައި ހުޅުވާފަ އެވެ.

އަދި 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ދަށުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް 40 އަށް ވުރެ ގިނަ ހަރަކާތްތައްވެސް ހިންގާފައިވެ އެވެ.

ބޭންކުގެ ނަތީޖާ އާއި ގުޅޭގޮތުން ޓިމް ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަހުގައި ހޯދުނު ކާމިޔާބު ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށާއި އިންވެސްޓްމަންޓާއި ޕްރޮވިޝަން ހަރަދު ބޮޑު ކަމުގައިވިޔަސް ހިދުމަތާއި ޕްރޮޑަކްޓް ތަކަށް އޮތް ޑިމާންޑްގެ ސަބަބުން ހުރިހާ ދާއިރާ އަކަށްވެސް ރަނގަޅު ފައިދާ އެއް ލިބިފައިވާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އެންމެ މުހިންމު އެއް އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް