ads
ވ. ތިނަދޫ--
ތިނަދޫއިން އިތުރު ބަޔަކު ޕޮޒިޓިވްވެ އެކްޓިވް ކޭސްގެ އަދަދު މައްޗަށް
ގދ، ތިނަދޫއިން މިއަދު އިތުރު ހަތް މީހަކު ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 17 އަށް އަރައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއާ ޕަބްލިކް ރިލޭޝަން އޮފިސަރު، ސާލިމް އަލީ ވިދާޅުވީ، މިއަދު ފެނުނު ހަތް ކޭސްގެ ތެރެއިން ހަ މީހަކު ޕޮޒިޓިވްވެފައިވަނީ ނިމުނު އެޕްރީލް މަހުގެ 28 ވަނަ ދުވަހު މާލެއިން ތިނަދޫއަށް އާ ބޯޓަކުން ނެގި ސާމްޕަލްތަކުން ކަމަށެވެ. 

އެ ބޯޓުން ނެގި ސާމްޕަލްތަކުގެ ނަތީޖާ މިއަދު ލިބުނުއިރު، ދިވެހި ދެ ފަޅުވެރިންނާއި ބިދޭސީ ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ނަތީޖާއިން ދައްކާކަމަށް ސާލިމް ވިދާޅުވިއެވެ. 

ސާލިމް ވިދާޅުވީ ދެން ޕޮޒިިވްވި މީހާ ޕޮޒިޓިވްވެފައިވަނީ ކުރިން ޕޮޒިޓިވްވި މީހުންގެ ޑަައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލެއްގެ ތެރެއިން ކަމަށެވެ. 

އެހެންކަމުން މުޅި ޖުމުލަ ހަތް މީހަކު ޕޮޒިޓިވްވެފައިވާކަން މިއަދުގެ ނަތީޖާތަކުން ދައްކާކަމަށް ސާލިމް ވިދާޅުވިއެވެ. އެއާއިއެކު ތިނަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 17 އަށް އަރާފައެވެ. 

ތިނަދޫ މިވަގުތުވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އަރާފޭބުން މަނާކޮށްފައެވެ. ތިނަދޫއަށް އަރާފޭބުން މަނާކޮށްފައިވަނީ، ނިމުނު އެޕްރީލް މަހުގެ 22 ވަނަ ދުވަހުު ނެގުނު ފުރަބަންދު ދެ ސާމްޕަލެއްގެ ތެރެއިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެމަހުގެ 25 ވަނަ ދުވަހުއެވެ. 

މިދިޔަ މާޗު މަހު 27 ގައިވެސް ތިނަދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އޭރު ތިނަދޫ މޮނީޓަރިން އަށް ލާފައިވަނީ، ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ނެގުނު ތިން ސާމްޕަލްއަކާއި، ބަލީގެ އަލާމަތްތައް ހުރެގެން ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދައްކަން އައި ތިން މީހެއްގެ ސާމްޕަލް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. 

ފަހަކަށް އައިސް އަތޮޅުތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން މައްޗަށް އަރާފައިވާއިރު، އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފާހަގަކުރެވުނު އެއް ކަންބޮޑުވުމަކީ މިއެވެ. މާލެ އެކޭ އެއްވަރަށް އަތޮޅުތެރޭގެ ހާލަތު ނުވަތަ އެއަށްވުރެ ބޮޑަށް ކިލަބުވަމުންދިޔުމެވެ.

އެ ބައްދަލުވުމުގައި އެޓޯލް ޕްރިޕެއާޑްނެސް ހެޑް އަބުދުއްﷲ މައުރޫފު ވިދާޅުވީ، މިހާތަނަށް އަތޮޅުތެރޭގެ 23 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސް އެރަށްރަށަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ. އަދި 100އިން މަތީގައި ޕޮޒިޓިވް ކޭސްތައް މިވަގުތު އަތޮޅުތެރޭގެ ހަ ރަށެއް އުޅޭކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައިވެއެވެ. މީގެ ތެރެއިންވެސް ގިނައިން ޕޮޒިޓިވްވާކަން ފާހަގަކުރެެވެނީ ނިސްބަތުން ގިނަ ދިވެހިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް