ads
ރަށަކުން ގިނަ އަދަދެއްގެ ރުއްގަސް ނަގާފައި-- ފޮޓޯ: ޅައިމަގު އޮންލައިން
ގަވައިދާ ހިލާފަށް ބާރަށުން ރުއްގަސް ނަގަނިކޮށް ހުއްޓުވައިފި
ހއ. ބާރަށުން ގަވައިދާ ހިލާފަށް ރުއް ގަސް ނަގަމުންދާތީ އެކަން ހުއްޓުވާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
ހއ. ބާރަށުން ގަވައިދާ ހިލާފަށް ރުއް ގަސް ނަގަމުންދާތީ އެކަން ހުއްޓުވާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ ބާރަށުގައި ކުރިއަށްދާ މަޝްރޫއެއްގެ ތެރެއިން ގަވާއިދާ ޚިލާފަށް ރުއްގަސް ނަގާ، ރަށުން ބޭރުކުރާކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ވަކި ގޮތެއް އަންގަންދެން ރުއްގަސް ނެގުމުގެ މަސައްކަތް ހުއްޓާލުމަށް އީޕީއޭ އިން މަސައްކަތް ކުރިއަށްގެންދާ ފަރާތަށް އަންގާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެއިތުރުން އެ މައްސަލަ ބެލުމަށް މިނިސްޓްރީ އާއި އީޕީއޭ ގެ އޮފިޝަލުން މިއަދު އެރަށަށް ދާނެ ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.

ގަވައިދާ ހިލާފަށް ރަށްރަށުން ރުއްގަސް ނެގުމުގެ މައްސަލަތައް މިފަހަކަށް އައިސް ބޮޑުވެފައިވާއިރު އެކަމުގެ ޝަކުވާތައް ވެސް އާންމުންދަނީ ކުރަމުންނެވެ.

އީޕީއޭއިން ބުނާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ރަށްތަކުން ނަގާފައިވާ ރުއްގަހަށް ވުރެ އިންދި ރުއްގަސް ގިނަ އެވެ. އެގޮތުން މިއަހަރު މިހާތަނަށް ފަސް ރަށެއްގައި 8602 ރުއްގަސް އިންދާފައިވާ ކަމަށާއި ރުއްގަސް މިއަހަރު ނެގުމުގެ ހުއްދަ ދީފައިވާ 21 ރަށަކުން 2،706 ރުއްގަސް ނަގާފައިވާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް