ads
ޑރ. މުއިއްޒު
ރާއްޖެއިން ބައިނަލްއަގްވާމީ އެހީއަށް އެދުމަށް މުއިއްޒު ގޮވާލައްވައިފި
ރާއްޖެއިން ބައިނަލްއަގްވާމީ އެހީއަށް އެދުމަށް ސަރުކާރަށް މާލޭ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތާ ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ގޯހުން ގޯހަށް ގައުމުގެ ހާލަތު ނުދަނީސް ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިވަޑައިގަތުމަށް ސަރުކާރަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ވެކްސިންގެ ސްޓޮކް މަދުވެ ވެންޓިލޭޓަރު މަދުވެ ކޮވިޑަށް ފައްސިވުން އިތުރުވެފައިވާ މިހާލަތުގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަންޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިހެން ވިދާޅުވެފައި ވާއިރު މިއަދު ރާއްޖެއިން ވަނީ 785 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ މާލޭ ސަރަހައްދުން 540 މީހުންނާއި، އަތޮޅު ތެރެއިން 186 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވެފައި ވާއިރު ސިނާއީ ރަށްތަކުން މީހަކު މިއަދު ޕޮޒިޓިވް ވެފައިވެއެވެ. 

މިވަގުތު ރާއްޖޭގައި 7109 އެކްޓިވް ކޭސް އުޅޭއިރު، މިއީ މިހާތަނަށް ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު އެންމެ ގިނަވި ފަހަރެވެ. އަދި މީގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ޖުމުލަ 198 މީހަކަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް