ads
ކުޑަކުއްޖަކާ ބެހުނުކަމަށް ތުހުމަތުވާ ކައުންސިލަރު:-
ޖިންސީ ގޯނާގެ ތުހުމަތުވާ ގައްދޫގެ އިންތިހާބީ ރައީސް ދޫކޮށްލި މައްސަލަ އިސްތިއުނާފަށް
ޖިންސީ ގޯނާގެ ތުހުމަތުގައި ބަންދުގައި ހުއްޓައި ގދ. ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވި މުހައްމަދު އަހުމަދު ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަލައެއްގައި ދައުވާ ލިބޭ މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި، ބަންދުން ދޫކޮށްލުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން އަމަރުކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.

އެ ނިންމުން ހައިކޯޓުގައި މިއަދު އިސްތިއުނާފްކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ. 

"އެބާވަތުގެ މައްސަލަތަކުގައި ދައުވާލިބޭ މީހަކު އިންތިހާބެއްގައި ވާދަކޮށް ކާމިޔާބު ވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއްކަމަށް ދައުލަތުން ނުދެކެން،" -ޕީޖީ އޮފީސް-

 އެ ނިންމުމާއި، އެ ނިންމުން ބިނާކުރިކަމަށް ބުނާ ސަބަބުތައް ދައުލަތަށް ބަލައި ނުގަނެވޭ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. 

ނިމުނު ދައުރުގައި ވެސް ގައްދޫ ކައުންސިލް ރައީސްކަން ކުރީ މުހައްމަދު އަހުމަދެވެ. 

އޭނާގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އޮތީ އުފުލާފަ އެވެ. ފުރަތަމަ ދައުވާއަކީ 2015 ވަނަ އަހަރު އޭނާ ކައުންސިލު ރައީސްކަމުގައި ހުންނެވި އިރު ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ.

އަދި 2020 ވަނަ އަހަރު އޭނާ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފަ އެވެ.

މިދައުރުގެ ރައީސްކަންވެސް ދިފާއުކުރައްވާ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވުމާއި ގުޅިގެން އަހްމަދު ނިސްބަތްވާ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަމީހް އަބްދުﷲ ވިދާޅުވީ، މުހައްމަދު ޖަލުގައި އޮތީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ ސަބަބުން ކަމަށާއި އެއީ އޭނާ އެމަގާމަށް ކުރިމަތިލީމަ ބަޔަކު ރާވައިގެން ކުރި ކަމެއްކަމަށް މައުލޫމާތު ލިބޭކަމަށެވެ.

އަދި އެއަށް ބާރުލިބޭކަމަކީ ރައްޔިތުންގެ ވޯޓުން  ގައްދޫ ކައުންސިލްގެ ރައީސްކަމަށް އެބޭފުޅާ ދެވަނަ ފަހަރަށްވެސް އިންތިހާބުވުން ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް