ads
ބެންގަލޫރު އެފްސީގެ ކެޕްޓަން ޗެތްރީ
ބެންގަލޫރު އެފްސީ މާދަމާ މާލެ އާދެ- ބެލެވޭ ގޮތުގައި މެޗު ކުޅޭނީ ކާފިއު ގަޑީގައި
އިންޑިޔާގައި އިއްޔެ އިތުރު އާ ހަތަރު ލައްކަ ކޭސް، ޕޮޒިޓިވްވެފައިވަނިކޮށް އިންޑިޔާގެ ބެންގަލޫރު އެފްސީ މާދަމާ މާލެ އަންނާނެއެވެ. ބެންގަލޫރު އެފްސީ މާދަމާ މާލެ އަންނަނީ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން މާލޭގައި އަންނަ ހަފުތާގައި ކުޅޭ ބޯޅަ މެޗަކަށެވެ.

އޭއެފްސީ ކަޕުގައި ރާއްޖޭގެ އީގަލްސްއާ އިންޑިޔާގެ ބެންގަލޫރު އެފްސީ އަންނަ އަންގާރަ ދުވަހު ކޮލިފައިންގައި ކުޅޭ މެޗަށް މާދަމާ މާލެ އަންނަ ގޮތަށް ހުރިހާ ކަމެއް ނިމިފައިވާއިރު، މާލޭގައި ކާފިއު އިއުލާންކޮށް މަގު މައްޗަށް މީހުން ނުކުތުންވެސް މިރެއިން ފެށިގެން މަނާވާނެއެވެ. އެޗްޕީއޭއިން ކަނޑައަޅާފައިވާ ގޮތުން، މިރޭ ނުވައަކުން ކާފިއު ފެށޭނެއެވެ. ކާފިއު އިއުލާކޮށްފައިވަނީ ރޭގަނޑު ނުވައަކުން ފަތިހު ހަތަރަކަށް އާއްމުކޮށް އެއްވެސް މީހަކަށް ބޭރަށް ނުނުކުމެވޭ ގޮތަށެވެ.

ބެންގަލޫރު އެފްސީއާ އީގަލްސް ކުޅޭ މެޗު އޮންނާނެ ގަޑިއެއް އޭއެފްސީންވެސް އެފްއޭއެމުންވެސް އަދި އިއުލާނެއް ނުކުރެއެވެ. އެހެންނަމަވެސް ރޯދަ މަހު ރާއްޖޭގެ ލީގު މެޗުތައްވެސް ކުޅެނީ ރޭގަނޑުކަމުން، ބެލެވޭ ގޮތުގައި ބެންގަލޫރު މެޗުވެސް އޮންނާނީ ރޭގަނޑުއެވެ. އެހެންކަމަށް ވެއްޖެ ނަމަ މެޗު ކުޅޭނީ ކާފިއު ގަޑީގައެވެ. އާއްމުކޮށް މެޗުތައް ނުވައެއް ޖަހާއިރު ފެށިއަސް ރޯދަ މަހު މެޗުތައް ފަށަނީ ދިހައެއް ޖަހާއިރުއެވެ. 

އާއްމުކޮށް ރޯދަ މަހު މެޗުތައް ފެށެނީ ރޭގަނޑު ދިހައެއް ޖަހާއިރުއެވެ. ހަވީރު މެޗު ކުޅޭނަމަ ދިވެހި ކުޅުންތެރިން މެޗު ކުޅެން ޖެހޭނީ ރޯދައަށް ތިބެއެވެ. ރޯދައަށް ތިބެ ބޮޑެތި މެޗުތައް ކުޅުން ރާއްޖޭގައި އާއްމު ނޫން ނަމަވެސް ދުނިޔޭގެ ފެންވަރުގައި ވަރަށް ގިނަ ކުޅުންތެރިން ރޯދައަށް ތިބެ މެޗު ކުޅެއެވެ.

އިންޑިޔާގައި އިއްޔެ ރެކޯޑް އަދަދަކަށް ޕޮޒިޓީވް ކޭސްތައް ފެންމަތިވެފައިވާއިރު ބެންގަލޫރު އެފްސީގެ ކޭމްޕުން ބައެއް ކުޅުންތެރިންވަނީ މިދިޔަ މަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވީ ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން ސުނިލް ޗެތްރީވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް