ads
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ވެންޓިލޭޓަރުގަ ފަރުވާ ދެނީ-
ކޮވިޑް 19: 24 ގަޑިއިރު ތެރޭގައި ތިން ވަނަ މީހަކު މަރުވެއްޖެ
ފާއިތުވީ 24 ގަޑީރު ތެރޭގައި ކޮވިޑް 19 ގައި ތިން މީހަކު ރާއްޖެއިން މަރުވެއްޖެއެވެ.

އެންމެ ފުރަތަމަ މަރުވެފައިވަނީ، ރޭ ފަތިހު އުމުރުން 77 އަހަރުގެ އަންހެނެކެވެ. ދެން މަރުވެފައިވަނީ ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހަކެވެ. ތިން ވަނަ މީހަކަށް މަރުވެފައިވަނީ އުމުރުން 60 އަހަރުން މަތީގެ ފަތުރުވެރިއެކެވެ. އެ ފިރިހެން މީހާ މަރުވީ، އޭނާ ހުރި ގެސްޓް ހައުސްގައި ކަރަންޓީނު ވެގެން ހުއްޓައެވެ. އޭނާ ޕޮޒިޓިވް ކަން އެނގުނީ ފުރަން ސީޕީއާރު ހެދުމުންނެވެ. 

ކޮވިޑް ކޭސްތައް އިތުރުވުމުގެ ސަބަބުން މާލޭ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފައި ވާއިރު ބުދަ ދުވަހު ރާއްޖެއިން ވަނީ ރިކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވެފަ އެވެ. އެގޮތުން ރާއްޖެއިން 785 މީހުން ޕޮޒިޓިވްވެފައި ވާއިރު މާލޭ ސަރަހައްދުން ވަނީ 540 މީހުން ޕޮޒިޓިވްވެފަ އެވެ.

އައިސީޔޫތަކާއި ހޮސްޕިޓަލް އެނދުތައް ފުރި އިތުރު އެނދު ގާއިމް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް