ads
އިންޑިޔާގެ މޯހަން ބަގާންގެ ބައެއް ކުޅުންތެރިން
ރާއްޖެ އަންނަން ތައްޔާރުވި މޯހަންބަގާންގެ ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
އޭއެފްސީ ކަޕު ކުޅެން ރާއްޖެއަށް ދަތުރުކުރުމަށްޓަކައި، އިންޑިޔާގެ މޯހަން ބަގާންގެ ކުޅުންތެރިންގެ ހެދި ކޮވިޑު ޓެސްޓުން ބައެއް ކުޅުންތެރިން ޕޮޒިޓިވްވެ ޓީމާއެކު ދަތުރު ނުކުރެވޭނެ ކަން ކަށަވަރުވެއްޖެއެވެ.

އިންޑިޔާގެ ހިންދުސްތާނު ޓައިމްސްއިން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި، މޯހަން ބަގާންގެ އެސްކޭ ސާހިލް އަދި ޕްރަބީރު ދާސްވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މީގެ އިތުރުން އެހެން ކުޅުންތެރިއެއްވެސް، ރާއްޖެ އަންނަން ވެގެން ހުކުރު ދުވަހު ހެދި ޓެސްޓުން ޕޮޒިޓިވްވެފައިވެއެވެ. އެހެންނަމަވެސް އެ ކުޅުންތެރިޔާގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ. މޯހަން ބަގާންގެ ކުޅުންތެރިން ޓެސްޓް ހެދީ ހުކުރު ދުވަހު ކޮލްކަތާގައެވެ. އެ ޓީމުގެ މެންބަރުން މި ހަފުތާ ތެރޭ ރާއްޖެ އަންނަން އޮތީ ހަމަ ޖެހިފައެވެ.

މޯހަން ބަގާން ހިމެނޭ ގޮތަށް އޭއެފްސީ ކަޕުގެ މެޗުތައް މާލޭގައި ކުޅަން ފަށާޏި އަންނަ ހުކުރު ދުވަހުއެވެ. ކޮވިޑުގެ ހާލަތު ރާއްޖޭގައި އިންތިހާއަށް ގޯސްވެފައިވާއިރު، އަދި މާލޭގައި ކާފިއު ހިންގާފައިވަނިކޮށް މާލޭގައި މެޗުތައް ކުޅެން ސަރުކާރުން ނިންމުމުން އެކަމަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ސަރުކާރުން ނިންމާފައިވަނީ ޚާއްސަ ހުއްދައެއްގެ ދަށުން ޓީމުތައް މާލެ ގެންނާށެވެ.

ސަރުކާރުން ދިން ޚާއްސަ ހުއްދައިގެ ދަށުން މާލެ އައިސް މިހާރު ތިބި އިންޑިޔާގެ ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން، ކަރަންޓީނު އުސޫލާ ޚިލާފަށް މަގުމަތީގައި އުޅުނު މައްސަލަވަނީ ބޮޑުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް