ads
ފޮޓޯ:ވަން އޮންލައިން
އަދުހަމަކީ ބޮން ގޮއްވާލި މީހާ: އޭސީޕީ ރިޔާޒް
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިއަދު ހެނދުނު ހައްޔަރު ކުރި މީހާއަކީ ބޮން ގޮއްވާލި މީހާ ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމީހާގެ ވަނަވަރު ވަނީ އާންމު ކޮށްފައެވެ.

އެގޮތުން މިއަދު ހެނދުނު ހައްޔަރު ކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. 

އަދުހަމް ހައްޔަރު ކޮށްފައިވަނީ އާންމު ފަރާތަކުން ދިން މައުލޫމާތުގެ އަލީގައި ކަމަށް ސީޕީ ހަމީދު ފާހަގަ ކުރެއްވިއެވެ. އަދުހަމްގެ މައުލޫމާތު ދިން މީހާގެ މައުލޫމާތު، އެމީހާގެ ރައްކާތެރިކަމަށްޓަކާ ފުލުހުން އާންމެއް ނުކުރެއެވެ. ނަމަވެސް އެފަރާތާއި ބައްދަލުކޮށް، އެފަރާތައް ޝުކުރު އަދާ ކޮށްފައިވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

އަދުހަމް އާއި ގުޅިގެން މައުލޫމާތު ދެއްވަމުން އޭސީޕީ ރިޔާޒް ވިދާޅުވީ، އަދުހަމަކީ މި ހަމަލާގައި އަމަލީގޮތުން ބޮން ގޮއްވާލުމުގެ ދައުރު އަދާކުރިކަމަށް ތަހުގީގުން ތުހުމަތު ކުރާ ފަރާތް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެގޮތުން ބޮން ގޮއްވާލި ވަގުތު، އަދުހަމްގެ ހަރަކާތްތައް ކަމަށް ފުލުހުންނަށް ސީސީޓީވީ ފޫޓޭޖްތަކުން ފާހަގަވި ތަން ދައްކާލާފައިވެއެވެ. މި ސީސީޓީވީ ފުޓޭޖު ޒޫމް ކޮށްގެން ބަލާލުމުން އަދުހަމްގެ އަތުގައި ރިމޯޓު ފާޑެއްގެ އެއްޗެއް އޮތްތަން ފެނުން ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ސީސީޓީވީން އޭނާ ފާރުގައި ފައި ޖައްސައިގެން ހުރިތަން ފެންނަ ކަމަށާއި، އޭނާ ހައްޔަރު ކުރުމަށް ފަހު އޭނާގެ ފުޓްޕްރިންޓް ނަގާ، އެތަނުން ފެނުނު ފުޓްޕްރިންޓާ އަޅާ ކިއުމުން ދިމާވާކަންވެސް ރިޔާޒް ފާހަގަ ކުރެއްވިއެވެ. 

އަދުހަމްގެ އިތުރުން މި މައްސަލައިގައި އިތުރު ދެމީހަކު ހައްޔަރު ކޮށްފައިވެއެވެ. އެއީ މއ. ފޭރުގެ މުޖާޒު އަހުމަދު އަދި ގއ. ކޮނޑޭ، ފޮޅޭމާގެ ތަހުމީން އަހުމަދެވެ. މި ތިން މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް