ads
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ވެންޓިލޭޓަރުގަ ފަރުވާ ދެނީ-
އައިސީޔޫގައި މިވަގުތު ތިބި 65އިންސައްތަ މީހުންނަކީ ޒުވާނުން
އައިސީޔޫގައި މިވަގުތު ފަރުވާދެމުންދާ 65އިންސައްތަ މީހުންނަކީ ޒުވާނުން ކަމަށް އެޗްޕީއޭގެ ކްލިނިކަލް އެޑްވައިޒަރީ ގުރޫޕް މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ.މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އިސްމާއިލް ވިދާޅުވީ، މިއަދު ހަވީރާއި ހަމަޔަށް ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫ އޮތީ ފުރިފަ ކަމަށެވެ. 

އަދި މިވަގުތު އައިސީޔޫގައި ފަރުވާދެމުން ގެންދާ 65އިންސައްތަ މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުން ކަމަށް ޑރ. އިސްމާއިލް ވިދާޅުވިއެވެ. 

ޑރ. އިސްމާއިލް ވިދާޅުވީ މީގެކުރިން ބަލީގައި ހާލު ބޮޑުވާކަމަށް ފާހަގަކުރެވުނީ އުމުރުން ދުވަސްވީ މީހުން ނަމަވެސް މިހާރު ގިނަ އަދަދެއްގެ ޒުވާނުންވެސް ހާލު ބޮޑުވެ އައިސީޔޫގައި ފަރުވާދޭން ޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެއިތުރުން މިހާރު އައިސީޔޫގައި ތިބި ބަލިމީހުންގެ ތެރެއިން ގިނަ މީހުންނަކީ ވެކްސިން ދެވިފައިނުވާ މީހުންކަން ޑރ. އިސްމާއިލް ފާހަގަކުރެއްވިއެވެ. 

އެގޮތުން ވެކްސިން ޖަހާފައިވަނީ އެންމެ ތިން މީހުން ކަމަށާއި އޭގެތެރެއިންވެސް ދެ ޑޯޒް ޖަހައިގެން ވެކްސިން ފުރިހަމަ ކޮށްފައިވަނީ އެންމެ މީހެއް ކަމަށް ޑރ. އިސްމާއިލް ވިދާޅުވިއެެވެ. 

ޑރ. އިސްމާއިލް ވިދާޅުވީ، އެމީހުންގެ ތެރެއިން ފުރަތަމަ ޑޯޒް ޖަހާފައި އެހެންނަމަވެސް ދެވަނަ ޑޯޒް ނުޖަހާ ހުރި ފަރާތް ވެންޓިލޭޓަރަށް ލާންޖެހުނުނަމަވެސް އޭނާ މިހާރު ވަނީ ވެންޓިލޭޓަރުން ނެގިފައި ކަމަށާއި ދެ ޑޯޒް ފުރިހަމަ ކުރި ފަރާތްް އަދި މިހާތަނަށް ވެންޓިލޭޓަރަށް ލާން ޖެހިފައިނުވާކަމަަށް ޑރ. އިސްމާއިލް ވިދާޅުވިއެވެ

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް