ads
ބ.އޭދަފުށި---
ކޮވިޑު ޖެހިގެން އޭދަފުށިން މީހަކު މަރުވެއްޖެ
ކޮވިޑް-19 ޖެހިގެން ބ.އޭދަފުށިން މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި ޖުމްލަ މީހުންގެ އަދަދު 86 ކަށް އަރައިފިއެވެ.

އޭދަފުށީ ހޮސްޕޮޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ސީއެންއެމް އަށް މައުލޫމާތު ދެމުން ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެނެވުނީ މިއަދުގެ ހެނދުނު 8:30 ހާއިރު ކަމަށާއި ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ އޭގެ ފަހުން ހެދި ޓެސްޓުން ކަަމަށް ވިދާޅުވިއެވެ.

މަރުވެފައިވަނީ 85 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހަސަން ރަޝީދު ވިދާޅުވީ އެ މީހާ ދިރިއުޅުނު ގެއަކީ ކޮވިޑަށް ޕޮޒިޓިވް މީހަކު ހުރުމާއެކު މޮނިޓަރިން އަށް ލައިފައި ހުރި ގެއެއް ކަމަށެވެ. 

އޭދަފުށިން މަރުވި މީހާއާ އަކީ މިއަދު ކޮވިޑު ޖެހިގެން މަރުވި ދެވަނަ މީހާއެވެ. އައިޖީއެމްއެޗުގެ އީއާރުގައި އެޑްމިޓްކޮށްފަ އޮތް އުމުރުން އުމުރުން 75 އަހަރުގެ އަންހެނެއްވެސް މިއަދު ވަނީ ކޮވިޑު ޖެހިގެން މަރުވެފައެވެ.

މިއީ ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި 86 ވަނަ މީހާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް