ads
ޑރ. ޖަމީލު- ފޮޓޯ:އަވަސް
ހިޔާނާތުގެ ލިސްޓާއި ގުޅޭގޮތުން ޖަމީލުގެ ބޮޑެތި ތުހުމަތުތަކެއް
ރައްޔިތުންގެ މަޖިލީހުގެ ޖޮއިންޓް ކޮމިޓީއަކުން ދިރާސާ ކުރައްވަމުން އަންނަ އެމް.އެމް.ޕީ.އާރް.ސީގެ ހިޔާނާތުގެ ލިސްޓަށް ބަދަލުތަކެއް ގެންނަމުންދާކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޖަމީލް އެމްޑީޕީއަށާއި ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ތުހުމަތުތެއް ކުރައްވައިފި އެވެ.

ރާއްޖޭގެ އޮންލައިން މީޑިއާއަކުން ލިޔެފައިވާ ދެ އާޓިކަލެއްގެ ސްކްރީންޝޮޓް ހިމަނުއްވާ ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެމް.އެމް.ޕީ.އާރު.ސީ ލިސްޓް ހާމަކުރަން އިންކާރުކޮށް، ވަކި ނަންތަކެއް މަޖިލީހުން އުނިކުރަން އުޅުމަކީ ޣައިރުދުސްތޫރީ ކަމެއް ކަމަށެވެ. އަދި ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ބާރު، މެޖޯރިޓީގެ ނަމުގައި ވަކި ފިކުރަކަށް ލިބިގެނެއް ނުވާކަމަށެވެ. 

މީގެ އިތުރުން ޖަމީލު ވަނީ އެމް.އެމް.ޕީ.އާރް.ސީ ހިޔާނާތުގައި އެމްޑީޕީގެ އަތެއްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. މިކަމަށް އިޝާރާތް ކުރައްމުން އެމަނިކުފާނުގެ ވިދާޅުވީ ވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެ ކަމަށެވެ. 

މިހާރު އެސެޓް ރިކަވަރީ ކޮމިޓީއަށް ފޮނުވާފައިވާ ހިޔާނާތުގެ ނަންތައް ހިމެނޭ ލިސްޓުގައި ޖުމްލަ 281 މީހުންގެ ނަން ހިމެނޭ ކަމަށް ކޮމެޓީން ވަނީ ވަނީ މީގެ ކުރިން ބުނެފަ އެވެ. ނަމަވެސް ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ބަލާ، ރައްޔިތުންގެ މަޖިލީހުން ވަނީ މިވަގުތު މި ލިސްޓު އާއްމުނުކުރުމަށް ނިންމާފައެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް