ads
ރައީސް ސޯލިހާ އެކު އެފްއޭއެމްގެ ރައީސް ބައްސާމް
އޭއެފްސީ މެޗު ހުއްޓުވީ ސީދާ ރައީސް ސޯލިހް
މާލޭގައި ކުޅެން އޮތް އޭއެފްސީ ކަޕުގެ މެޗުތައް ހުއްޓުވީ ސީދާ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އޯޑަރަށް ކަމަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފިއެވެ.

އޭއެފްސީ ކަޕުގެ ސައުތު ޒޯންގެ މެޗުތައް އޮތީ އަންނަ ހުކުރު ދުވަހު މާލޭގައި ފަށާ ގޮތަށެވެ. އެހެންނަމަވެސް ގްރޫޕް ސްޓޭޖުގެ ކޮލިފައިންގެ ފަހު މެޗު ކުޅުމަށް މާލެ އައިސްތިބި ބެންގަލޫރު އެފްސީގެ ކުޅުންތެރިންތަކެއް ހޮޓަލުން ބޭރަށް ނުކުތުމުން ކުޅިވަރު ވަޒީރުވަނީ އެކަމާ ނުރުހި، ޕްލޭ އޮފް މެޗު ނުކުޅެވޭނެ ކަމަށް އެފްއޭއެމަށް އަންގާފައެވެ. އެހެންނަމަވެސް ކަމުގެ މައުލޫމާތު ރަނގަޅަށް އެނގޭ މީހަކު ކިޔައިދިން ގޮތުގައި ރާއްޖޭގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން މާލޭގައި މެޗު ނުކުޅެވޭނެ ކަން އެންގެވީ ސީދާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއެވެ. 

ސީދާ ރައީސް އެންގެވީ މާލޭގައި މި ވަގުތު މެޗު ނުކުޅެވޭނެ ކަމަށް. ރައީސް އެންގެވީ ބެންގަލޫރު ޓީމު މާލެ އައިސްތިބި ނަމަވެސް މިސްކިތްތަކުގައި ނަމާދު ނުކުރެވި، އާއްމުންނަށް މިނިވަންކަމާ އެކު ބޭރަށް ނުކުމެ ނޫޅެވޭ ހާލަތުގައި ގައުމު އޮއްވާ މާލޭގައި މެޗުތައް ނުކުޅެވޭނެ ކަމަށް. މެޗުތައް ނުކުޅެވުމާ ބެންގަލޫރު ކުޅުންތެރިން ބޭރަށް ނުކުތުމާ އެއްވެސް ގުޅުމެއް ނެތް.

މާލޭގައި މެޗުތައް ނުކުޅެވޭނެ ކަމަށް ރައީސް ނިންމެވިއިރުވެސް ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން އެތައް ޑޮކްޓަރުންނެއް އައީ މެޗުތައް ނުކުޅުމަށް އެދި އަޑު އުފުލަމުންނެވެ. އަދި ރައީސް މައުމޫންވެސްވަނީ މެޗުތައް ކުޅެން އެފްއޭއެމުން މަސައްކަތް ކުރަމުން އަންނާތީ އެކަމާ ސުވާލު އުފައްދަވާފައެވެ. 

އޭއެފްސީން އެންމެ ފަހު ވަގުތު އަންގާފައިވަނީ މާލޭގައި މެޗުތައް އޭރު ކަނޑައަޅާފައި އޮތް ތާވަލާ އެއް ގޮތަށް ނުކުޅެވޭނެ ކަމަށެވެ. އަދި ދެން މެޗުތައް ކުޅޭނެ ތާރީޚެއް ފަހުން އަންގާނެ ކަމަށް އޭއެފްސީންވަނީ ބުނެފައެވެ. 

ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރަކު ސީއެންއެމް އަށް މައުލޫމާތު ދެއްވި ގޮތުގައި ބެންގަލޫރުގެ ތިން މެންބަރަކު ކުރި ކުށުގެ އަދަބު އޭއެފްސީން މުޅި ޓީމަކަށް ނުދޭނެއެވެ. އެހެންކަމުން އެ ޓީމު މާލޭގައި ތިބި ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހު މާލޭގައި މެޗުތައް މި ދަނޑިވަޅުގައި ނުކުޅެވޭނެ ކަން އަންގާފައި އޮތީމާ އެފްއޭއެމަށް މަޖުބޫރުވީ އޭއެފްސީއާ ވާހަކަ ދައްކައިގެން މެޗުތައް ކެންސަލް ކުރާށެވެ.

80%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް