ads
އަލީ ނިޒާރު
ފެއިލްވެފައިވާ ދައުލަތެއްގެ ސިފަ މިދަނީ ސާފު ވަމުން: ނިޒާރު
އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ހިމަނާފައި އޮތީ އަބުރު ކަތިލުމަށްކަމަށް ވިދާޅުވެ އައްޑޫ ސިޓީގެ އިންތިހާބީ މޭޔަރު، އަދި ކުރީގެ މެމްބަރު އަލީ ނިޒާރު މަޖިލީހަށާއި ދައުލަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މިއަދު އާއްމުކުރި 281 މީހުން ހިމެނޭ ލިސްޓުގައި ނިޒާރުގެ ނަން ހިމަނާފައިވުމުން އެކަަމަށް ރައްދުދެއްވާ ކުރެއްވި ޓްވީޓުގައި ނިޒާރު ވިދާޅުވީ، މަޖިލީހުން ނެރެފައިވާ ލިސްޓަކީ އަބުރު ކަތިލަން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. މިގެ އިތުރަށް އޭނާ ވިދާޅުވީ "އިންފޮމޭޝަން ކަލެކްޝަން" ޖަހާ، ވަގެއް ކަމަށް ނިންމާ، މީހުން ބަދުނާމު ކުރެވިގެން ނުވާނެ ކަމަށާއި މިހާރު ސަރުކާރުން މިދަނީ ފެއިލްވެފައިވާ ސަރުކާރެއްގެ ސިފަ ސާފުވަމުން ކަމަށެވެ. 

މީގެ ކުރިން އައްޑޫ ސިޓީގެ މެމްބަރުކަން ވެސް ކުރައްވާ، އަދި ދާދިފަހުން އައްޑޫ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރެއްވި އަލީ ނިޒާރުގެ ނަން ލިސްޓުގައި އޮތުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. ނަމަވެސް އޭނާ ވަނީ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. 

އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު އާންމު ކޮށްފައިވަނީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން، އެމްއެމްޕީއާރްސީ މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އާންމު ކުރިއިރު، އެ ރިޕޯޓާއެކު އެވެ. މި ލިސްޓުގައި ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބެވި 119 ބޭފުޅެއްގެ ނަން އޮންނެވިއިރު މި ބޭފުޅުންނާ މެދު ފިޔަވަޅު އަޅުއްވާ ވަގުތުން މަގާމުން ވަކިކުރުމަށް ދަނީ ގޮވާލަމުންނެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް