ads
ރައީސް ސޯލިހް
ރައީސް ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވައިފި
ފިތުރު އީދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ފިތުރު އީދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސް ޓީވީ މެދުވެރިކުރައްވާ ދެއްވި ހިތާބުގައި އެމަނިކުފާނު ވަނީ އީދު ދުވަހާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. 

އެގޮތުން، އެމަނިކުފާނު ވިދާޅުވީ އީދު ދުވަހަކީ، ދީނީ ގޮތުންނާއި ސަގާފީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް، ދިވެހިންގެ ހިތްތަކުގައި ވަރަށް ހާއްސަ ގަދަރެއް ދެވިފައިވާ ދުވަހެއްކަމަށެވެ. އަދި މިއަދުގެ ހިތާބުގައި ރައީސް ވަނީ އެފަދަ ހާއްސަ ދުވަހެއްގައި ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށް އީދުގެ ތަހުނިޔާ ފޮނުވައި، ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.

ރައީސް ވަނީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އިރާކޮޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، މާލޭގައި ދިން ނުރައްކާތެރި ހަމަލާއާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. 

އެމަނިކުފާނު ވަނީ އެ ހާދިސާ އަކީ ދިވެހިންގެ ހިތްތަކަށް ބިރުވެރިކަމާއި، ނުތަނަވަސްކަން ނިހާޔަތަށް ވެރިކުރުވި ޓެރަރިސްޓް ހަމަލާއެއްގެގޮތުގައި ފާހަގަކުރައްވާފައެވެ. އަދި އެފަދަ ހަމަލާއަކީ، އެއްވެސް ހަމައަކުން ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށާއި، އެއްވެސް މީހެއްގެ ފުރާނަ ދުއްވައިލުމަށް ހަމަލާއެއް ދިނުމަކީ، ކުޑަވެސް އިންސާނިއްޔަތުކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫންކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި، އެމަނިކުފާނު ވަނީ އެކަން ކުރި ފަރާތްތައް، މިނިވަން ތަހުގީގަކަށް ފަހު، އިންސާފުގެ ކުރިމައްޗަށް ގެނެސް އެމީހުން އެކުރި އަމަލުތަކަށް އެމީހުން ޒިންމާދާރު ކުރުވޭނެކަމަށް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް