ads
ގެރީގެ ނަޖިސް ބޭނުންކޮށްގެން ތައްޔާރުކޮށްފަ ހުރި ކޭކްތަކެއް-
އިންޑިއާ ޕަސެންޖަރެއްގެ ދަބަހުން ގެރީގެ ނަޖިހުން ހަދާފަހުރި ކޭކްތަކެއް
އިންޑިއާ ޕަސެންޖަރެއްގެ ދަބަހުން ފެނުނު ގެރީގެ ނަޖިސް ބޭނުންކޮށްގެން ހަދާފަހުރި ކޭކްތަކެއް އެމެރިކާގެ ކަސްޓަމްސް އިން ނައްތާލައިފިއެވެ.

ގެރީގެ ނަޖިހުން ހަދާފަ ހުރި އެ ކޭކްތައް ފެނުނީ އެމެރިކާގެ ވެރިރަށް ޑަލްސް އިންޓަނޭޝަނަލް އެއާޕޯޓަށް ދޫކޮށްލާފައި ހުރި ދަބަސްތަކެއްގެ ތެރެއިންނެވެ. 

އެގައުމުގެ ކަސްޓަމްސް އަދި ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ) އިން ނެރުނު ބަޔާނެއްގައި ބުނީ އެއާޕޯޓަށް ދޫކޮށްލާފައިވާ ސޫޓްކޭސް އެއްގެ ތެރެއިން ގެރީގެ ނަޖިހުން ހަދާފަ ހުރި އެ ކޭކް ފެނުމުން ވަގުތުން އެ އެއްޗިހި ނައްތާލައިފައިވާ ކަމަށެވެ.

ސީބީޕީ އިން ބުނީ ގެރީގެ ނަޖިސް ބޭނުންކޮށްގެން ހަދާފައި ހުންނަ ކޭކް އެގައުމަށް އެތެރެ ކުރުން މަނާވާނެ ކަމަށެވެ. އެއީ އަނގަ އާއި ފަޔަށް ޖެހޭ ނުރައްކާތެރި ބަލި ފަތުރާ އެއްޗެއް ކަމަށް ވެސް ސީބީޕީ އިން ބުނެއެވެ.

މިއީ އިންޑިއާ މީހުން ގެރީގެ ނަޖިސް ބޭނުންކޮށްގެން ނޫސްތަކަށް އެރި ފުރަތަމަ ފަހަރެއް ނޫނެވެ. ކޮވިޑްގެ މިހާލަތުގައި ދިފާއީ ނިޒާމު ވަރުގަދަ ކުރަން ކަމަށް ބުނެ އިންޑިއާގެ ގުޖްރާތު ސަރަހައްދުގެ މީހުން ގެރީގެ ނަޖިސްތަކުގެ ތެރޭ އެތައް އިރެއް ހޭދަ ކުރާ ވާހަކަވެސް ވަނީ ބައިނަލްއަގުވާމީ މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަ ޙޯދައިފައެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް