ads
ފަތުރުވެރިން އައުން-- ފޮޓޯ: ވީއައިއޭ
ލިބުނު މައުލޫމާތަކާއި ގުޅިގެން ވީއައިއޭގެ ސެކިޔުރިޓީ ވަރުގަދަކޮށްފި
ލިބުނު މައުލޫމާތަކާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ)ގެ ސެކިޔުރިޓީ ވަރުގަދަކޮށްފި އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެއާޕޯޓުގެ ސެކިޔުރިޓީ ވަރުގަދަކޮށްފައިވަނީ ރޭން ފެށިގެން ކަމަށެވެެ. 

ލިބުނު މައުލޫމާތަކާއި ގުޅިގެން ސެކިޔުރިޓީ ވަރުގަދަކުރިކަން ހާމަކުރި ނަމަވެސް އެއީ ކޮން މައުލޫމާތެއް ކަމެއްް ސާފުކޮށްދީފައެެއް ނުވެއެވެ.

މިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން މާލޭ ސަރަހައްދުގެ މަގުމަތީގެ ސެކިޔުރިޓީވެސް ވަނީ ވަރަށް ބޮޑަށް މަތިކޮށްފައެވެ.

އެ ހަމަލާއާއި ގުޅިގެން ތުހުމަތުކުރެވޭ އެންމެ މުހިންމު ތިން މީހަކު މިހާރު ފުލުހުން ހައްޔަރު ކޮށްފައިވާއިރު، އޭގެ ދަށުން އިތުރު ބަޔަކު ހަރަކާތްތެރިވެފައި ވާނެކަމަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން އެ ހަމަލާއާއި ގުޅިގެން ކުރަންޖެހޭ ތަހުގީގުތައްވެސް އަދިވެސް ދަނީ ކުރިއަށެވެެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް