ads
އެމްޓީސީސީ ފެރީއެއް———ފޮޓޯ:ޕްރެސް
ކަނޑުތައް ގަދަވާނެތީ ފެރީ ޝެޑިއުލަށް ބަދަލުގެނެސްފި
މޫސުން ގޯސްވުމުގެ ސަބަބުން އެމްޓީސީސީގެ ފެރީ ޝެޑިއުލަށް ބަދަލުގެނެސްފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ކަނޑުގަދަވެ، ކޮޅިގަނޑުގައި 55 މޭލަށް
ވައިގަދަވާނޭ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްޓީސީސީން ވެސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނޭކަމަށް މެޓުން ލަފާކޮށްފައިވާތީ އަތޮޅުތެރޭގައި ދުއްވާ ބައެއް ފެރީތަކުގެ ޝެޑިއުލަށް ބަދަލުއައުން އެކަށީގެންވާ ކަމަށް ބުނެފައެވެ. އެހެންކަމުން އެއް ރަށުން އަނެއް ރަށަށް މުދާ ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ދުރާލާ އެމްޓީސީސީގެ މުދާ ފެރީ ޝެޑިއުލަށް އަންނަ ބަދަލުތައް އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް
ސާފުކުރުމަށްވެސް އެމްޓީސީސީން ވަނީ އެދިފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އަތޮޅުތެރޭގެ ގިނަ ރަށްތަކަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

މެޓް އޮފީހުން ހއ، އދ، ށ، ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްތަކަށް އޮރެންޖު އެލާޓްވެސް ވަނީ ނެރެފައެވެ.

އެގޮތުން އެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް މެޓު އޮފީހުން ލަފާ ކުރެއެވެ. އަދި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނަކަށް ވައި ގަދަ ވާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވެ ރާޅު އަރާނެ ކަމަށް މެޓުން ލަފާ ކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް