ads
ގާލް ގެޑޮޓް
އިސްރާއީލު-ފަލަސްތީނު: ކުރި ޕޯސްޓަކާ ގުޅިގެން ގާލް ގެޑޮޓް ހޫނުފެނަށް
އިސްރާއީލާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން މަޝްހޫރު ހޮލީވުޑް ތަރި ގާލް ގެޑޮޓް ކުރި ޓުވީޓަކާ ގުޅިގެން ގިނަ ބައެއްްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެއްޖެއެވެ.

"ވޮންޑާ ވުމަން" އިން ގިނަބައެއްގެ މަގުބޫލުކަން ހޯދި ގާލް ގެޑޮޓް އަކީ އިސްރާއީލަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން އިސްރާއީލްގެ ޑެފެންސް ފޯސް އަށް ހިދުމަތްވެސް ކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނުގައި ހުންނަ މުސްލިމުންގެ މުގައްދަސް މިސްކިތެއް ކަމަށްވާ އަގްސާ މިސްކިތައް މިދިޔަ ރަމަޟާން މަހުގެ ތެރޭގައި ހަމަލާދޭން ފަށާފައިވާއިރު، ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހަމަލާތަކުގައި ދުނިޔެ ދޫކޮށް ގޮސްފައެވެ. އިސްރާއީލުން ދަނީ ފަލަސްތީނުގެ ރައްޔިތުންގެ ގެތަކަށް ބޮން އަޅައި އެމީހުން ގެތަކުން ނެރެމުންނެވެ. 

މިކަމާ ގުޅިގެން ގާލް ޓުވިޓާގައި ބުނެފައިވަނީ އޭނާގެ ގައުމު (އިސްރާއީލް) ހަނގުރާމައިގައި އޮތުމުން ދެރަވާ ކަމަށެވެ. އަދި އޭނާގެ އާއިލާއާއި ރައްޓެހިންނާއި ގައުމުގެ މީހުންނާ ދޭތެރޭ ކަންބޮޑުވާ ކަމަށެވެ. އިސްރާއީލާ ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަކީ ގިނަ އަހަރުތަކެއް ވަންދެން ހިނގަމުންދާ ކަމެއްކަން ފާހަގަކޮށް ގާލް ބުނެފައިވަނީ މިނިވަން ގައުމެއްގެ ގޮތުގައި އޮތުމުގެ ހައްގު އިސްރާއީލަށް ލިބެންޖެހޭ ކަމަށެވެ. އަދި ފަލަސްތީނަށްވެސް އެ ހައްގު ލިބެންޖެހޭ ކަމަށް ގާލް ބުނެފައިވެއެވެ.

ލީޑަރުން ވާހަކަ ދައްކައިގެން އިސްރާއީލް އަދި ފަލަސްތީނު، ދެގައުމުވެސް ސުލްހަވެރިކަމާއެކީ އެ ބިމުގައި "ސައިޑް ބައި ސައިޑް" ތިބެވޭނެ ގޮތް ހޯދޭނެކަމަށް އުންމީދުކުރާ ކަމަށްވެސް ގާލް ބުނެފައިވެއެވެ.

ގާލް ގެ މި ސްޓޭޓްމަންޓާއެކު ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފައެވެ. ސުލްހަވެރިކަމަށް ގޮވާލުމުގެ ނަމުގައި އިސްރާއީލުން ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ހަމަލާތައް ދިފާއުކުރަނީކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

ފާޑުކިޔުންތަކާ ގުޅިގެން ގާލް ވަނީ އޭނާގެ ޓުވީޓަށް ކޮމެންޓު ނުކުރެވޭ ގޮތައް ހަދައި ކޮމެންޓްސް ޑިސޭބަލް ކޮށްލާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް