ads
ފޮޓޯ--ސިޓީ ކައުންސިލް
ކައުންސިލަރުން އޮންލައިންކޮށް ހުވާކުރަން އެޗްޕީއޭއން އަންގައިފި
މިދިޔަ އޭޕްރީލް މަހު 10 ގައި ބޭސްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ ކައުންސިލަށް ހޮވިވަޑައިގަތް ބޭފުޅުން ހުވާ ކުރުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކުގައި ބޭއްވުމަށް އަންގާފައިވަނިކޮށް، އެޗްޕީއޭގެ އެންގުމާއި ގުޅިގެން ރަސްމިއްޔާތު އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު "ސީއެންއެމް" އަށް ވިދާޅުވީ، އޮންލައިންކޮށް ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، މިއަދު ރިހާސަލް އަށް ދިއުމުން، ރަސްމިއްޔާތު ނުބޭއްވޭނެ ކަމަށް އެޗްޕީއޭއިން އެންގުމުން ކަމަށެވެ. 

އެގޮތުން މާދަމާ ހެނދުނު މި ރަސްމިއްޔާތު އޮންލައިންކޮށް ކުރިއަށް ގެންދާނެ ކަމަށާއި، މަގާމަށް ހޮވިވަޑައިގަތް މެމްބަރުން އިގުރާރުގައި ސޮއިކުރުމުގެ ކަންކަން ކައުންސިލް އިދާރާގައި ހަމަޖައްސާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު މިހެން ވިދާޅުވިއިރު، މާޅެ ސިޓީ ކައުންސިލްގެ އިންތިހާބީ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މިކަމާ ގުޅިގެން ޓުވީޓު ކުރައްވާ ފައެވެ. އެގޮތުން މާދަމާ ހެނދުނު އޮންލައިންކޮށް، ކައުންސިލަރުންގެ ހުވާ ކުރުމުން އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން، މިރަސްމިއްޔާތު ސަލްޓަން ޕާކުގައި އޮންނާނެ ކަމަށް ބުނެ އިއްޔެ ބަޔާނެއް ނެރުނު އިރު، މިދިޔަ ހަފްތާގައި އެލްޖީއޭއިން ވަނީ ކައުންސިލަރުން ހުވާ ކުރުމުގެ ކަންކަން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށް ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް