ads
އެކި މަންޒިލްތަކަށް ދަތުރުކުރުން މާ އުފާވެރި
މުސާރަ ލިބޭ ވަގުތު އެ ލިބޭ އުފަލަކީ ބަޔާން ކުރަންވެސް ނޭނގޭ ކަހަލަ އުފަލެކެވެ. އަތަށް މުސާރަ އަރާ އިރަށް އެންމެ ފުރަތަމަ ވެސް އަވަސް ވެގަންނަނީ ރައްޓެހިންނާއެކު ނޫނީ ކޮންމެވެސް އާއިލާ މީހަކާ އެކީ އެ މަހަކު އެމީހަކު ގަންނަން ހިތުލައިގެން ހުރި އެއްޗެއް ގަތުމަށެވެ.
Advertisement
މުސާރަ ލިބޭ ވަގުތު އެ ލިބޭ އުފަލަކީ ބަޔާން ކުރަން ވެސް ނޭނގޭ ކަހަލަ އުފަލެކެވެ. އަތަށް މުސާރަ އަރާ އިރަށް އެންމެ ފުރަތަމަ ވެސް އަވަސްވެ ގަންނަނީ ރައްޓެހިންނާއެކު ނޫނީ ކޮންމެ ވެސް އާއިލާ މީހަކާ އެކީ އެ މަހަކު އެމީހަކު ގަންނަން ހިތުލައިގެން ހުރި އެއްޗެއް ގަތުމަށެވެ.

އަލަށް އެއްޗެއް ގަންނަ ހިނދުކޮޅު ކިތަންމެ އުފަލެއް ލިބުނު ކަމުގައި ވިޔަސް އެއީ ދުވަސްކޮޅެއްގެ ކަމެކެވެ. ފައިސާ އިން އުފާ ނުވަތަ ހިތްހަމަޖެހުމަކީ ކުޑަ ވަގުތުކޮޅެއްގެ ކަމެއް ކަމަށް ގިނަ ބަޔަކު ބުނާ އަޑު އަހަމެވެ. ސައިންސްވެރިން ބުނާ ގޮތުން އެއްޗެއް ގަންނަ ވަގުތު އެ ލިބޭ އުފަލާއި ތަންތަނަށް ދަތުރު ކުރާއިރު ލިބޭ އުފަލާއި ދާދި އެއް ހަމައެވެ.

ފައިސާ އިން އެ ލިބޭ އުފާ، ވަގުތާއި އެއްވަރަށް ހަނދާނުން ފިލައިގެން ދިޔަ ކަމުގައި ވިޔަސް އެއް ރަށުން އަނެއް ރަށަށް ނުވަތަ އެކި ގައުމުތަކަށް ދަތުރު ކުރުމަކީ ގިނަ ދުވަސް ވަންދެން އެ އުފާ ދެމިހުންނާނެ ކަމެކެވެ.

އެކި މަންޒިލްތަކަށް ދަތުރު ކުރުމަކީ އެ ތަންތަނުގެ ސަގާފަތާއި އާ ކަންތައްތައް ފެނިގެން ދިޔުމަށް ލިބޭ ފުރުސަތެކެވެ. ބޭކާރު ކަންތައްތަކާއި ހަނދާންތައް ވެސް ސިކުނޑިން ނައްތާލާ އާ މައުލޫމާތުތައް ސިކުނޑިއަށް ނަގައިގަތުމަށް މަގުފަހި ވެއެވެ.

އަބަދު އެއް ތަނެއްގައި އުޅެން ޖެހުމުން ފޫހި ވެސް ވާނެކަން ޔަގީނެވެ. އެހެން ދިމާއަކަށް ދަތުރު ކުރުމުން އެ މާހައުލާއި ދުރަށް ގޮސް އެތައް އުފާތަކާއި ހަނދާނުން ފިލައިގެން ނުދާނޭ ފަދަ އެތައް ކަމެއް ބިނާވެގެން ދެއެވެ.

ހަމަ އެހެންމެ އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމަކީ އެތައް ބަޔަކާއި ދިމާވެ މީހުންނާ ގުޅުން ބަދަހިވެގެން ވެސް ދާ ކަމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް