ads
ބައްސާމް އަދީލް ޖަލީލް
ނަން އޮތަސް ޚިޔާނާތުގައި ބައިވެރިއެއް ނުވަން
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވެފައި ނުވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. ބައްސާމް މިހެން ވިދާޅުވީ، ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި އާއްމު ކުރި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން ކުރަމުންދާ ތަހުގީގާ ގުޅިގެން ނެރެފައިވާ ދިގު ލިސްޓުގައި ބައްސާމް އަދީލް ޖަލީލްގެ ނަން ހިމެނިފައިވެއެވެ. ބައްސާމްގެ ނަން ހިމެނުމުގެ އިތުރުން އެ ދުވަސްވަރު ސޯޝަލް މީޑިއާގައި ލީކުވި ލިސްޓުތަކުން އެނގޭ ގޮތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބޮޑު ހާއްޔެއް ކަހަލަ ތަނެކެވެ.

ބައްސާމް ވިދާޅުވީ، އަދީބަކީ ވަރަށް ގާތް ރައްޓެއްސެއް ކަމަށެވެ. އަދި އަދީބު އަތުން ލިބުނު ޑޮލަރަކީ ބައްލަވައިގެންނެވި ޑޮލަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެސްއޯއެފަކީ ޚިޔާނާތުގެ ފައިސާއާ ގުޅުން ހުރި ކުންފުންޏެއްކަން ނޭނގޭ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

އެސްއޯއެފަކީ އެކަހަލަ ކުންފުންޏެއް ކަމެއް އޭރަކު އެކަކަށްވެސް ނޭނގޭ. އަޅުގަނޑު ކުރި ކަމަކީ ހަމަ ޑޮލަރު ޓްރާންސެކްޝަނެއް. އަޅުގަނޑު ހަމަ ރުފިޔާވެސް ދީފައި ހުންނާނެ. އެވަގުތު އެއީ އެކަހަލަ ކުންފުންޏެއް ކަމަށްވާނަމަ އަޅުގަނޑު އެ ޗެކުގައި އަތެއްވެސް ނުލާނަން. ޚިޔާނާތުގެ ފައިސާގައި އަޅުގަނޑު ނުޖެހޭނެ ކަމުގެ ޔަގީންކަން ދެން. ބައްސާމް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ލިޔުންތަކުން އަދި މަޖިލީހުން ހާމަކުރި ރިޕޯޓުގައިވާ ގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަދި ކުޅިވަރު ވަޒީރު މަހްލޫފަށްވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައެވެ. އޭނގެ އިތުރުން އެފްއޭއެމް ތެރޭގައި، އަދި އެފްއޭއެމްގެ ސަރަހައްދުގައި އެކި ފަހަރުމަތިން އެކި މީހުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދީފައިވާކަން އާއްމު ވެފައިވާ ލިޔުންތަކުން އެނގެއެވެ.

އާއްމު ވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންތަކަކަށް އެކި ދުވަސްވަރު މަތިން އެފްއޭއެމްގެ ތެރޭގައި އެތައް މިލިއަން ރުފިޔާއެއް ބަހާފައިވެއެވެ. އެފްއޭއެމްގެ ތެރޭގައި ލާރި ދީފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ބައެއް ވަޒީރުންނާ އެފްއޭއެމްގެ އެކްސްކޯ މެންބަރުންވެސް ހިމެނެއެވެ. އޭގެތެރެއިން ބައެއް މީހުންނަކީ މިހާރުވެސް އެފްއޭއެމްގެ އެކްސްކޯގައި ބައްސާމްއާ އެކު ހިމެނޭ މީހުންނެވެ.

އެފްއޭއެމް ހައުސްގެ ތެރޭގައި ރައީސް ޔާމީންގެ ކެމްޕެއިން އޮފީސް ހަދައިގެން އުޅުއްވި ކަމަށް ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފުވެސްވަނީ ވިދާޅުވެފައެވެ. މަހްލޫފަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ މައްސަލަ ދައުވާ ކުރަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް