ads
ރައީސް ނަޝީދު
ބަލިކޮށްލެވުނީ ކަމަށް ހީކޮށް ތިއްބައި ލިޔެލި ފުރަތަމަ ލިޔުންކޮޅު ވަރުގަދަ
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ ހަވަނަ ދުވަހު ދެވުނު ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ވަނީ އެމަނިކުފާނު ފުރާނަފުު ދުއްވާލުމަށް ބޭނުންވާ ބައެއްކަން ކަށަވަރެވެ. އެފަދަ ބޮޑު ހަމަލާއެއްގެ ފަހަތުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން ފަރުދާގެ ފުރަގަހުގައި ތިބެގެން ބައިވެރިވީ މީހުންނާއި ފަންޑު ކުރި މީހުންވެސް ތިބޭނެއެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާތަކުގެ ސަބަބުން ގިނަ ސާޖަރީތަކެއް ކުރަންޖެހުނު އިރު މިހާރު އެމަނިކުފާނު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގައެވެ. ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލަން ބޭނުންވާ ބަޔަކު ދިން ހަމަލާއެއް ކަމަށް ވާއިރު އެ ހަމަލާއަށްފަހު އެމަނިކުފާނު ބަލިކޮށްލެވުނީ ކަމަށް ހީކުރާނެ ބަޔަކުވެސް ތިބޭނެއެވެ. 

ނަމަވެސް އެމަނިކުފާނަކީ ވަރުގަދަ ނުގުޑާ ހިތްވަރެއްގެ ބޭފުޅެއްކަން އެމީހުންނަށް ދައްކާލައިފިއެވެ. ރައީސް ނަޝީދު ފެނިގެންދިޔައީ ވަރުގަދަކޮށެވެ.

ހޮސްޕޮޓަލުގައި އެނދުމަތިވެފައި އޮތް އިރުވެސް މަންމާފުޅާ ބައްޕާފުޅަށް ވިދާޅުވީ ރަނގަޅު ކަމަށެވެ. މަޖިލީހުގެ ދެވަނަ ދައުރު އިއްޔެ ފެށިފައިވާއިރު، އެމަނިކުފާނު ވަނީ މަޖިލީހަށްވެސް މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި އިސާހިތަކު މަޖިލީހުގެ މަސައްކަތާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ދިވެހި ރައްޔިތުންނާވެސް އަވަސް މުސްތަގުބަލެއްގައި ބައްދަލުކުރާނެކަމަށް ވިދާޅުވިއެވެ. 

ހަމަލާއަށްފަހު ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ކުރިއަށްވުރެ ވަރުގަދަކޮށް މަސައްކަތަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

އިއްޔެ ރައީސް ނަޝީދުގެ 54 ވަނަ އުފަންދުވަހާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ރައީސް ނަޝީދުގެ ލިޔުންކޮޅެއްގެ ވީޑިއޯ ޓުވިޓާގައި ހިއްސާކުރައްވާފައެވެ. ދުވަހުގެ ތާރީހާއެކު ރައީސް ނަޝީދު ލިޔުއްވި ދެ ފޮޅުވަތުގައި ވިދާޅުވެފައިވަނީ "ވެއްޓޭ ވަރަށް ވުރެ ބާރަށް ތެދުވާށެވެ. ތެދުވެ ދުއްވައި ގަންނާށެވެ." މިފަދައިންނެވެ.

މި ލިޔުންކޮޅު ހިއްސާކުރައްވައި ރައީސް ނަޝީދުގެ ގިނަ ސަޕޯޓަރުންނެއް ވަނީ އެމަނިކުފާނަށް ތައުރީފު ކުރައްވާފައެވެ. ރައީސް ނަޝީދު ސިފަވެގެން ދިޔައީ ހަތުރުންގެ ކުރިމަތީގައި ފަހަތައް ޖެހިވަޑައިނުގަންނަވާ ލީޑަރަކަށެވެ. ބަލިކޮށްލެވުނީ ކަމަށް ހީކޮށް ތިއްބައި ހަމަލާއަށްފަހު ރައީސް ނަޝީދު ލިޔެލި ފުރަތަމަ ލިޔުންކޮޅު ވަރުގަދައެވެ.

84%
ކަމުގޮސްފި
1%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް