ads
ރައީސް ނަޝީދު
ހައްލަކީ ދެދައުލަތް އުފެއްދުން: ރައީސް ނަޝީދު
ފަލަސްތީން މައްސަލައަށް އޮތް ހައްލަކީ ދެދައުލަތް އުފެއްދުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގަޒާއަށް ހުއްޓާނުލާ އިޒްރޭލުން ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ފަލަސްތީން މިނިވަންކުރަން ގޮވާލާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގަޒާއަށް ދެމުންގެންދާ ބޮމުގެ ބިރުވެރި ހަމަލާތައް އެމަނިކުފާނު ބައްލަވަމުން ގެންދަވާ ކަމަށެވެ.

އިޒްރޭލުން ގަޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަންޖެހޭ ކަމަށާއި، ދެކޮޅުވެރިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގަޒާ ބަންދުކޮށްފައި އޮތްއޮތުން އުވާލާޖެހޭ ކަން ފާހަަގަކުރަމުން ރައީސް ނަޝީދު ވިދާޅުވީ ފަލަސްތީން ރައްޔިތުންނަށްވެސް ދަތުރުފަތުރުކޮށް، ދިރިއުޅުމަށް މަސައްކަތްކޮށް، ދިރިއުޅެވޭނެ މަގެއް ފަހިވެގެންދާނީ އޭރުންކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ހަމަޖެހުމަށް އޮތް  ހަމައެކަނި ދާއިމީ ހައްލަކީ ފަލަސްތީން ބިމުގައި ދެ ދައުލަތް އުފެއްދުން ކަމަށެވެ.

މިފަހުން އަނެއްކާވެސް އިޒްރޭލުން ދަނީ ހުއްޓާނުލާ  ގަޒާއަށް ބޮން އަޅާ ވައިގެން މަގުން ހަމަލާތައް ދެމުންނެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އިޒްރޭލުން ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް މިފަހުން ދޭންފެށި ހަމަލާތަކުގައި 213 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި 61 ކުޑަކުދިން ހިމެނޭއިރު، 1500 ފަލަސްތީން ރައްޔިތުންނަށްވަނީ އެކިވަރުގެ ޒަހަމުތައް ލިބިފަައެވެ.

އަދި 50،000 ފަލަސްތީން ރައްޔިތުންގެ ގެދޮރު ސުންނާފަތިކޮށް، އެމީހުންގެ ގެދޮރުން ވަނީ ބޭރުކޮށްލާފައެވެ.

13%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް