ads
ރޮޒައިނާ އާދަމް-
އީސަގެ މައްސަލާގައި މެންބަރު ރޮޒެއިނާދިނީ ފިނި ޖަވާބެއް
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު އީސާގެ މައްޗަށް އޭނާގެ އަނބިކަބަލުން އަސްރާ ނަސީމް ވަނީ ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެެއް ކޮށްފައެވެ.

އަސްރާއަށް ވަރަށް ބޮޑަށް އަނިޔާކޮށް ދަރިފުޅު ނުވަވަނަ ފްލޯގެ ބެލްކަނީ އިން ވައްޓާލަން އުޅުންކަމުގެ ތުހުމަތުތަކެއް އީސަގެ މައްޗަށް ވަނީ ކުރެވިފައެވެ.

އެކަމާއި ގުޅިގެން އޭނާގެ އެއަމަލުތައް ހަރުއަޑުން ކުށްވެރިކޮށް، އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާއީ ތަހްގީގެއް އަވަހަށް ހިންގުމަށާއި އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށްވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. 

އެހެންނަމަވެސް މަޖިލީހުގެ މެންބަރަކު އޭނާގެ އަނބިކަބަލުންނަށް ގެވެށި ބޮޑެތި އަނިޔާތަކެއް ދިންއިރު އެކަމާއި ދެކޮޅަށް މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން އަންހެން މެންބަރުންނަށް ތިއްބެވި، އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ ރޮޒެއިނާ އާދަމްވެސް މިކަމުގައި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މި ފާޑުކިޔުންތައް ބޮޑުވެ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ މިކަމާއި ގުޅުވައިގެން ދާދި ދެންމެއަކު ޓްވީޓެއް ކުރައްވާފައެވެ. 

އެ ޓްވީޓުގައި ބުނެފައިވަނީ، އޭނާ ގެވެށި އަނިޔާއާއި ދެކޮޅު ކަމަށާއި، އެމައްސަލަ ހުށަހެޅުނު ވަގުތުން ފެށިގެން މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަމުންދާކަމަށެވެ. 

އެހެންކަމުން އެކަމުގައި އިތުރަށް އޭނާ ކުރަންޖެހޭ ކަމެއްވެސް އަދި ބުނާނެ އެެއްޗެއްވެސް ނެތްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި އެކަމުގައި އެެއްވެސް އިހުމާލެއް ވާނަމަ ކުރަންޖެހޭ ކޮންމެ ކަމެއް  ކުރާނަން ކަމަށް ވެސް ވިދާޅުވިއެވެ. 

your imageރޮޒެއިނާގެ ޓްވީޓް

ރޮޒެއިނާ މިފަދަ ގޮތަކަށް ޓްވީޓުކުރައްވާފައި މިވަނީ އަންހެނުންނަށް ދެވޭ މިފަދަ ބޮޑެތި ގެވެށި އަނިޔާގެ ދިފާއުގައި އަޑުއުފުލަން ޖެހޭކަމަށް އާއްމުމީހަކު ރޮޒެއިނާވެސް ހިމެނޭގޮތަށް މަޖިލީހުގެ ދެންތިބި އަންހެން ތިން މެންބަރުން ޓެގުކޮށް ޓްވީޓްކޮށްފައިވަނިކޮށް އެކަމަށް ދިން ޖަވާބެއްގެ ގޮތުންނެވެ. 

އެ ޓްވީޓަށް ޖަވާބުދެއްވަމުން ރޮޒެއިނާ އިތުރަށް ވުދާޅުވެފައިވަނީ “ވޮއިސް އައުޓް ކޮށްގެން ވެސް ބުނަންއޮތީ މިމައްސަލައަށް އަވަހަށް އިންސާފު ހޯދާދޭށޭ” ކަމަށެވެ. 

“އެކަން ކުރިއަށްދޭތޯ ބަލައިފިން. އަދި ކުރިއަށް އެބަދޭ”ރޮޒެއިނާ ވިދާޅުވިއެވެ.

your imageރޮޒެއިނާ ކުރެއްވި ޓްވީޓް

އަންހެނުންނަށް ހައްގުތައް ހޯދައިދިނުމުގެ ބޮޑު ވައުދާއެކު މަޖިލީހަށް ވަޑައިގެންނެވި ހަތަރު އަންހެން މެންބަރުން އަންހެނުންނަށް ކުރެވޭ މިފަދަ އަނިޔާތަކުގައި އަޑު ނުއުފުއްލަވާ ހަނުތިއްބަވާތީ އާއްމުން ކަންބޮޑުވުން ފާޅުކޮށްފަައިވަނިކޮށް އޭގެ ޖަވާބެއްގެ ގޮތުން ރޮޒެއިނާ ދެއްވި މި ފިނި ޖަވާބާއިއެކު ވެސް ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. 

އެކަމުގަައި ކުރެވޭނެ ކަމެއް ނެތްކަމަށް ބުނާތީ އާއްމުން ބުނެފައިވަނީ ވޮއިސް އައުޓުކޮށްގެން ކިޔޭނެ އެއްޗެހި ބަައިވަރު ހުންނާނެ ކަމަށެވެ. އަދި އެމައްސަލާގައި ކުއްވެރިވާ ފަރާތްތަކަށް އަދަބު ދިނުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

މިކަމުގައި އަޑުއުފުލި ބައެއް ފަރާތްތައް ބުނެފައިވަނީ ކޮންމެފަދަ ކަމެއް ކުރިޔަސް ދިފާއުގަ ނިކުންނަހާ ފިރިހެން މެމްބަރުންނާ، މިހުންނާ ބަލާފަ އަންހެން އިއްޒަތްތެރި މެމްބަރުން ހަނު ހުންނާތީ ހިތް ހަލާކުވާ ކަމަށެވެ. 

އަދި ރައްޔިތުންނަށް ރައްކާތެރިކަން ލިބޭނީ އެފަދަ ބޭފުޅުން އިސްވެ ބަސް ބުނެ އެކަން ކުށްވެރި ކުރުމުން ކަމަށްވެސް ބުނެފައިވެއެވެ. 

14%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް